ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 08:27
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ރުޤްޔާގެ ނަމުގައި އަނިޔާ ކުރި މައްސަލަ
ރުޤްޔާގެ ނަމުގައި އަންހެނަކާ ދެ ދަރިންނަށް އަނިޔާކުރި މައްސަލައެއް ކޮމިޓީން ބަލަނީ
 
މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އަތޮޅު ޕޮލިސް ސްޓޭޝަނުން
 
ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށް ތުހުމަތު ކުރޭ
 
ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވޭ

ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދެ ދަރިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފަށައިފި އެވެ.

އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުޤްޔާ ކުރާ މީހާގެ އިތުރުން، އޭނާ ފަހުން ކައިވެނިކުރި ފިރިމީހާވެސް ހިމެނެ އެވެ. އެގޮތުން ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާއިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަންވެސް އަންހެން މީހާއާއި އޭނާގެ އާއިލާއާ ޙަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށްވެސް އެ އާއިލާއިން ތުހުމަތު ކުރެއެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ނިންމާފައިވާއިރު، ކަމާއި ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ. އެގޮތުން ބުދަ ދުވަހުގެރޭ 20:30 ގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ ކޮމިޓީ ބައްދަލުވުމަށް ޖެންޑަރ މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.

މިހާރު ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ އާއިލާ ބަންދުކޮށްގެން ގެންގުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އެ މައްސަލައިގައި ފަރުވާކުޑަ ކޮށްފައިވާތީ އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާ އިން ހުށައަޅާފައިވެ އެވެ. އެއާއެކު އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އެ ތަނުން ކަމަށް އާއިލާއާ ޙަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް
25 ނޮވެންބަރ 2020 | ބުދަ 15:53
ބަނބުކެޔޮ
ތިޔާކޮމިޓީން ކީއްވެތޯ ކޭސްވާކަރުންނަށް ނުކަތާވަރަށް ކޭސް ހަވާލުކުރާ ވެރިންގެ ކަންކަން ނުބަލަނީ... ވަރުވަރުން ގާނޫނު ހަދާ މަސައްކަތް ކުރަން ތިބޭ މުވައްޒަ ފުންނަށް އަދަބުދޭން ވިސްނާއިރު އެކަށީގެން ނުވާ ވަރަށް 100 މަތިން މައްސަލަ ހަވާލު ކުރީމަ އޮންނާނީ އެއްކަމެއްވެސް ރަނގަޅަށް ނުކުރެވި... މިކަން ތިޔާ ކޮމިޓީން ބަލަނީ ކޮން އިރަކުން. ސިޓީ ފޮނުވިޔަސް ނުވާނެ