ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 10:36
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔިއްދީން
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔިއްދީން
ރޮއިޓަރސް
މެލޭޝިއާގެ ބޮޑުވަޒީރު - ކޮވިޑަށް ނެގެޓިވްވުން
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔިއްދީން ކޮވިޑަށް ނެގެޓިވް
 
ބޮޑުވަޒީރު އަމިއްލަފުޅަށް ކަރަންޓީން ވެވަޑަގެންނެވީ އެގައުމުގެ ރިލީޖަސް އެފެއަރޒް މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން
 
14 ދުވަސްވަން ފުރިހަމަވަންދެން އަމިއްލަފުޅަށް ކަރަންޓީންގައި ހުންނަވާނެ
 
އެމަނިކުފާނުގެ ހާލު ރަނގަޅު

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީން ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.

ބޮޑުވަޒީރުގެ އޮފީހުން ބުނީ އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށެވެ. އަދި 14 ދުވަސްވަން ފުރިހަމަވަންދެން އަމިއްލަފުޅަށް ކަރަންޓީންގައި ހުންނަވާނެ ކަމަށެވެ.

ބޮޑުވަޒީރު އަމިއްލަފުޅަށް ކަރަންޓީން ވެވަޑަގެންނެވީ މެލޭޝިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ހައިލެވެލް ބައްދަލުވުމަށް ވަޑައިގެން އެގައުމުގެ ރިލީޖަސް އެފެއަރޒް މިނިސްޓަރ، ޒުލްކިފްލީ މުހައްމަދު އަލް-ބަކްރީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އަމިއްލަފުޅަށް ކަރަންޓީންގައި ހުންނެވި ނަމަވެސް ސަރުކާރު ހިންގުމަށް އެއްވެސް ބުރެއް އެރިއަ ނުދޭނެ ކަމަށާއި ކަރަންޓީނުގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުންތައް ކުރިއަށް ގެންގޮސް މަސައްކަތްތައް ކުރާނެ ކަމަށް ވެސް ޔާސީން ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީ އިން ވަނީ ރިލީޖަސް އެފެއަރޒް މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް ސިމްޕްޓޮމް ސްކްރީނިންގެ އިތުރުން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި މެލޭޝިއާގެ ކޮވިޑް-19 ކޭސްތައް އިތުރުވާން ފަށާފައިވާ އިރު އެގައުމުގެ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ޖެހިދާނެ ކަމަށް ބުނެފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް