ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 23:50
ފަރެސްމަތޮޑާ ބާޚިރާ ދޯނިން މަސް ބާނަނީ- 47 ޓަނަށްވުރެ ގިނަ މަސް ބާނާފައިވޭ
ފަރެސްމަތޮޑާ ބާޚިރާ ދޯނިން މަސް ބާނަނީ- 47 ޓަނަށްވުރެ ގިނަ މަސް ބާނާފައިވޭ
ފަރެސްމާތޮޑާ މަސްވެރިއެއް
ފަރެސްމާތޮޑާ ބާޚިރާ ދޯނި
ފަރެސްމާތޮޑާ ބާޚިރާ ދޯނި- ކަޅުބިލަމަހާއި ކަންނެލިން ބަރާވެފައި!
 
47 ޓަނަށްވުރެ ގިނައިން މަސް ބޭނިފައިވޭ
 
މި ދަތުރުގައި ދޯނީގައި ތިބީ 37 މީހުން
 
ދޯނީގެ ފިނިކުރާ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ބޭނިފައިވޭ

ގދ ފަރެސްމަތޮޑާ ބާޚިރާ ދޯނިން ގިނަ އަދަދެއްގެ ކަޅުބިލަ މަސް ބާނައި އެ މަސްތައް ކިރަން ގެންދިއުމަށް ދަތުރު ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބާޚިރާ ދޯނީގެ ކެޔޮޅު ހަސަން ޒަރީރް ބުނީ، ދޯނީގެ ފިނި ކުރާ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ބޭނިފައިވާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުގެރޭ ގދ ގައި ތިބުމަށްފަހު ވ އަތޮޅަށް ދިޔަ ކަަމަށާއި، ގިނަ އަދަދެއްގެ ކަޅުބިލަ މަހާއި ކަންނެލި ބާނާފައިވަނީ މ ރަތްމަންދޫއާއި، ވ ފޮއްތެޔޮ އާ ދޭތެރޭގެ މަސް އައިނަކުން ކަމަށް އޭނާ ބުންޏެވެ.

މި ދަތުރުގައި ދޯނީގައި ތިބީ 37 މީހުން ކަމަށް އޭނާ މައުލޫމާތުދެއެވެ.

ފަރެސްމަތޮޑާ ބާޚިރާ ދޯނިން މަސް ބާނަނީ

ޒަރީރް ބުނީ ގާތްގަނޑަކަށް 47 ޓަނަށްވުރެ ގިނައިން މަސް ބޭނިފައިވާ ކަމަށާއި، އައިސް ކުރާނެ ކެޕޭސިޓީ ނެތުމުން ހޯމަ ދުވަހު މ. ދިއްގަރުން އައިސްކޮޅެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރު މަސް ކިރަން ގެންދިއުމަށް ތައްޔާރުވަމުންދާއިރު، ތ އަތޮޅު ހިރިލަންދޫ އަށް ގޮސް، އިތުރު އައިސް ހޯދުމަށްފަހު، ކޫއްޑޫއަަށް ދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން އަންގާރަ ދުވަހުގެ މެންދުރުހާއިރު ކޫއްޑޫއަށް ދެވޭނެ ކަމަށް ލަފާ ކުރެވޭކަން އޭނާ ފާހަގަ ކުރިއެވެ.

ފަރެސްމަތޮޑާ ބާޚިރާ ދޯނިން މަސް ބާނަނީ- މި ދަތުރުގައި 37 މީހުން ބައިވެރިވި

ރާއްޖެއެމްވީއަށް ދިން އިންޓަރވިއުގައި ޒަރީރް ބުނީ، ދޯނިން މަސްވެރިކަން ކުރާތާ 2 އަހަރުވެފައިވާއިރު، މީގެ ކުރިން އެ ދޯނިން އެންމެ ގިނައިން މަސް ބޭނި ފަހަރު ވެސް ބާނާފައިވަނީ 27 ޓަނުގެ މަސް ކަމަށެވެ.

ފަރެސްމާތޮޑާގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންގެ ތެރެއިން ޒުވާނުންގެ ނިސްބަތް ގިނަކަން ފާހަގަކޮށް ޒަރީރު ބުނީ، ބައެއް ކަހަލަ ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
7%
88%
0%
0%
2%
3%
ކޮމެންޓް
29 ސެޕްޓެންބަރ 2020 | އަންގާރަ 13:50
ކިތަމެ މަހެއްބޭނިޔަސް އެމަސް ކިރާނެ ގޮތެއްނެއް