ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 05:39
ވަގަށް އެތެރެ ކުރި ސައިކަލުތައް
ވަގަށް އެތެރެ ކުރި ސައިކަލުތައް
ޓްވިޓަރ
ކަސްޓަމްސް މުވައްޒަފުން ވަޒީފާއިން ވަކިކުރުން
ވަގަށް ވެހިކަލްތައް އެތެރެ ކުރި މައްސަލައިގައި ކަސްޓަމްސް އިން 4 މުވައްޒަފަކު ވަޒީފައިން ވަކިކޮށްފި
 
ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި
 
މި މައްސަލާގައި ކަސްޓަމްސް އިން ފިޔަވަޅު އަޅަމުން ދަނީ އެ މުއައްސަސާގެ މުވައްޒަފުންނަށް

އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި ވެހިކަލްތަކުގެ މައްސަލައިގައި ކަސްޓަމްސްގެ ޖުމްލަ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކަސްޓަމަސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި ވެހިކަލްތަކުގެ މައްސަލަ ކަސްޓަމްސް އިން ބަލައި ތަހުގީގު ކުރުމަށް ފަހު އެ މުއްސަސާގެ މުވައްޒަފުންގެ ތެރެއިން މައްސަލާގައި ޝާމިލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ޝަރީފް ވަނީ މި މައްސަލާގައި ކަސްޓަމްސް އިން ފިޔަވަޅު އަޅަމުން މިދަނީ އެ މުއައްސަސާގެ މުވައްޒަފުންނަށް ކަން ފާހަގަކޮށް، މައްސަލާގައި ޝާމިލްވާ އެހެން މުއައްސަސާތަކުގެ މުވައްޒަފުންގެ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރު އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލަ ކަސްޓަމްސް އިން މިހާރު ވެސް ތަހުގީގުކުރަމުން އަންނަ އިރު، މި މައްސަލައިގައި ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
11%
63%
0%
0%
0%
26%
ކޮމެންޓް
25 ސެޕްޓެންބަރ 2020 | ހުކުރު 00:00
ދެން މި މައްސަލައިގަ ހިމެނޭ، މައްސަލަ ހިލުމުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރެއްވި ބޭފުޅުންނޯ؟!
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 14:59
ގައުމުދަވާލި19
ކީއްކުރަން އެމީހުން ވަޒީފާއިން ވަކިކުރީ މާދަމާ ކޮޗިން ފެރީން ބަޔަކު ވަގައް މުދާ އެތެރެކުރީމާ އެ ބަޔަކަށް ފިޔަވަޅު އެޅޭނެތަ؟އަޅަންކެރޭނެތަ؟މިއޮތީ ރާއޖެއަށް ވަގައް ތަކެތި އެތެރެކުރަން ދޮރެއްހުޅުވާދީފަ ދެން ކީއްކުރަން ޖުހާ ހެއްދެނީ
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 12:28
ވަގށް އެތެރެކުރާ މޮބައިލް ފޯންތަކޯ? ޢެއަރޕޯޓް ކަސަޓަމްސް މުވައްޒަފުން ރިޝްވަތު ނަގާފައި އެއްވެސް މޮބައިލް ފޯނެއް ބަލާނުލާ ދޫކޮށްލާ... ޢޭރުން ޖީއެސްޓީވެސް ދައްކާކަށް ނުޖެހޭނެ ވިޔަފާރވެރިންނަށް. ޢެމީހުން ބޭނުންވާހެން ލާރިނުދޭމީހުންނަށް ލަސްކޮށް އުނދަގޫކޮށް ހާދާ... މީ ހަޤީޤަތް.
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 05:50
ސޮމެޮނެ
ސާބަސްފުޅު! ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާތިވަރެއްނެތް ާާާާާާާާ