ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 13:51
ސައުދީ މާލީ ވަޒީރު މުހައްމަދު އަލް ޖަދާން
ސައުދީ މާލީ ވަޒީރު މުހައްމަދު އަލް ޖަދާން
އޭއެފްޕީ
ސައުދީ އިގްތިސާދު
ތައުލީމީ، ސިއްހީ ދާއިރާ ޕްރައިވެޓައިޒް ކޮށްގެން ސައުދީ އިން ފައިސާ ހޯދަން ވިސްނަނީ
 
ވެލިއު އެޑެޑް ޓެކްސް 15 އިން ސައްތަ އަށް މިހާރުވަނީ ޖައްސާފައި
 
ސައުދީ އިގްތިސާދު ކޮވިޑްގެ ސަބަބުން ވަނީ ދަށަށް ގޮސްފައި

ކުރިން ޕްރައިވެޓައިޒް ކުރުމަށް ވިސްނާފައި ނެތް ސިއްހީ އަދި ތައުލީމީ ދާއިރާ ފަދަ ދާއިރާތަކުން އެސެޓްތައް ވިއްކައިގެން ފައިސާ ހޯދުމަށް ވިސްނަމުންދާ ކަމަށް ސައުދީ އަރަބިއްޔާގެ ފައިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ބްލޫމްބާގް އިން އިންތިޒާމް ކުރި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން މި ދިޔަ ބުދަ ދުވަހު ސައުދީގެ މާލީ ވަޒީރު މުހައްމަދު އަލް ޖަދާން ވިދާޅުވީ، ޕްރައިވެޓައިޒް ކޮށްގެން ކުރިއަށް އޮތް ހަތަރު ފަސް އަހަރުގެ ތެރޭގައި ސައުދީ ސަރުކާރަށް 50 ބިލިއަން އެމެރިކާ ޑޮލަރު ހޯދިދާނެ ކަމަށެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީ އަރަބިއްޔާގެ އިގްތިސާދަށް ކޮރޯނާ ވައިރަސްގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބިފައެވެ. އަނެއްކޮޅުން ތެލުގެ އަގު މި ދަނޑިވަޅުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވުމާއެކު ސައުދީ ސަރުކާރާށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އިން ބުނެފައިވަނީ ސައުދީގެ އިގްތިސާދު މިއަހަރު 6.8 އިން ސައްތަ ދަށަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ވެލިއު އެޑެޑް ޓެކްސް (ވެޓް) ވަނީ 3 ގުނަ އިތުރުކޮށް 15 އިންސައްތަ އަށް ޓެކްސް އަދަދު މަތިކޮށްފައެވެ.

އަލް ޖަދާން ވިދާޅުވީ، މި ވަގުތައް ސައުދީގައި އިންކަމް ޓެކްސް ނެންގެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، އެއީ އެކަމަށް ތައްޔާރުވާން ވަގުތު ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އިގްތިސާދު ހަމަޔަކަށް އެޅުވުމަށް އިންކަމް ޓެކްސް އޮޕްޝަންވެސް ދޫކޮށް ނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް