ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 23:58
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް
މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ނ އަށް ޔެލޯ އެލާޓް އަދި ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައި

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ ފަތިހު 5 ޖެހުމާ ހަމައަށް ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ މިރޭ މެންދަމު 2:30 އާ ހަމައަށް ހއ އަތޮޅުން ފެށިގެން ނ އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

- ކޮމެންޓް