ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 21:02
ފިޖީގެ ކުރީގެ ބޮޑުވަޒީރު ބައިނިމާރާ
ފިޖީގެ ކުރީގެ ބޮޑުވަޒީރު ބައިނިމާރާ
ޔާހޫ
ފިޖީގެ ކުރީގެ ބޮޑުވަޒީރު ޖަލަށްލުން
ކަރަޕްޝަންގެ މައްސަލައެއް ބެލުމަށް ހުރަސް އެޅުމުން ފިޖީގެ ކުރީގެ ބޮޑުވަޒީރު ބައިނިމާރާ 1 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި
 
ބައިނިމާރާ ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވައިގެން ކަރަޕްޝަންގެ މައްސަލައެއް ބެލުމަށް ހުރަސް އެޅުއްވުމުގެ ކުށް ސާބިތުވުމާ ގުޅިގެން

ފިޖީގެ ކުރީގެ ބޮޑުވަޒީރު ބައިނިމާރާ 1 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

ފިޖީގެ ބޮޑުވަޒީރުކަން 15 އަހަރު ކުރެއްވި ބައިނިމާރާ 1 އަހަރު ދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވައިގެން ކަރަޕްޝަންގެ މައްސަލައެއް ބެލުމަށް ހުރަސް އެޅުއްވުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ބައިނިމާރާއަކީ ފިޖީގެ ސިފައިންގެ ވެރިޔާގެ މަގާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ފިޖީގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އޭނާ ވަޑައިގަތީ 2006 ވަނަ އަހަރު އެ ގައުމަށް ގެނައި ބަޣާވާތަކުންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އަދި 2018 ވަނަ އަހަރުގެ އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވިއެވެ.

2022 ވަނަ އަހަރުގެ އިންތިޚާބު އޭނާ އަށް ހަނިގޮތަކަށް ގެއްލުނީ، މިހާރުގެ ބޮޑުވަޒީރު ސްޓިވެނީ ރަމްބޫކާ ހިމެނިވަޑަގެންނެވި ކޯލިޝަންއާ ވާދަކުރައްވައިގެންނެވެ.

އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް ބައިނިމާރާ އަކީ ފިޖީގެ ސިޔާސީ މަޝްރަހްގައި އަދިވެސް މަގްބޫލް ޝަޚްސިއްޔަތެކެވެ.

ބުރާސްފަތި ދުވަހު ބައިނިމާރާގެ މައްޗަށް ހުކުމް އިއްވާ ބިޑިއަޅުވައިގެން ކޯޓުން ގެންދިޔައިރު އޭނާއަށް ތާއީދު ކުރާ މީހުން ކޯޓުގެ ބޭރުގައި އެއްވެފައި ތިއްބެވެ.

ބައިނިމާރާގެ މައްޗަށް ސާބިތުވި މައްސަލައިގައިވާ ގޮތުން، އޭނާވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރަށް، ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކްގައި ހިންގި ކަމަށް ބެލޭ ކަރަޕްޝަންގެ މައްސަލައެއް ތަހުގީގު ނުކުރުމަށް އަންގަވާފައެވެ.

މި މައްސަލައަކީ އެ ޔުނިވަރސިޓީގައި ގަވައިދާ ޚިލާފަށް ބޯނަސް ދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާ ދިނުމާ ގުޅިގެން 2020 ގައި އެގައުމުގެ ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލައެކެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރާއި ކުރީގެ ބޮޑުވަޒީރުވަނީ މައްސަލަ އޮއްބާލުމަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައެވެ.

މި މައްސަލައިގައި ކުރީގެ ޕޮލިސް ކޮމިޝަނަރގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް