ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 13:58
ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނަ އިންޑިއާގެ ސިޓީއެއްގެ ކާރުބާރުބޮޑު މަގުމަތީގައި ކޮވިޑް-19ށް މީހަކު ޓެސްޓް ކުރަނީ
ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނަ އިންޑިއާގެ ސިޓީއެއްގެ ކާރުބާރުބޮޑު މަގުމަތީގައި ކޮވިޑް-19ށް މީހަކު ޓެސްޓް ކުރަނީ
ދި ގާޑިއަން
އިންޑިއާގެ ކޮވިޑްގެ ހާލަތު
އެންމެ ގިނަ މީހުން އެއްފަހަރާ އިންޑިއާގައި ޕޮޒިޓިވްވި އިއްޔެ
 
އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިލިއަނަކާ ގަތްކޮށްފައި
 
ކޮމިއުނިޓީ ޓްރާންސްމިޝަން އަދިވެސް ބޮޑު
 
އިންޑިއާއިން އިއްޔެ އެކަނި 26،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު ބުރާސްފަތި ދުވަހަކީ އެގައުމުގައި އެންމެ ގިނަ އަދަދަކަށް އެއްދުވަހާ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހު އެކަނި 26،506 މީހަކު ވަކި ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިއީ އެއްދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވީ ނަމަވެސް މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު 20 ހާހުން މައްޗަށް ޖެހިލާފައިވާ އިރު، އެގައުމުގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކާ ގާތްކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް އެގައުމުގައި ޖުމްލަ 793،802 މީހަކު ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ 21،604ށް އަރާފައެވެ.

އިންޑިއާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް އެގައުމުގައި 495،512 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އިންޑިއާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، ކޮމިއުނިޓީ ޓްރާންސްމިޓް ފެތުރުން ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އަދި ކޮވިޑް-19ށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިންޑިއާ ވަނީ އަންގާރަ ދުވަހު އަރާފައެވެ. ހޯމަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ގައުމަކަށް ރަޝިއާ އޮތް ނަމަވެސް، އިންޑިއާގެ އެކި ސިޓީތަކުގައި ރެކޯޑް އަދަދުތަކަށް ކޭސްތައް އިތުރުވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް