ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 11:48
ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ)
ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ)
ޕޮލިސް
ކުޑަކުއްޖަކާ ކައިވެނިކޮށް އެކުއްޖާ ބަލިވެއިނުން
ކުޑަކުއްޖަކާ ކައިވެނިކޮށް އެކުއްޖާ ބަލިވެއިން މައްސަލައިގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު!
 
ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން
 
ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭ
 
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް

ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި ކުޑަ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ) ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އެގޮތުން މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހު އޭނާ ހައްޔަރު ކޮށްފައިވަނީ އެ ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން 2020 ޖުލައި 04 ވަނަ ދުވަހު އަހުމަދު ޢައްޠަފް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަން ފުލުހުން ފާހަގަ ކުރިއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން މިހާރުދަނީ ކުރަމުންނެވެ.

ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ އިތުރުން ކުޑަކުދިން އެބިއުސް ކުރުމުގެ މައްސަލަތައް އިތުރު ވަމުންދާކަމަށް ފާހަގަކޮށް ފުލުހުން ބުނީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭގެ އިތުރުން، އެފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ވެސް އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް