ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 08:41
ސާމްޕަލް ނެގުމުގައި ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވަނީ- ފްރަންޓްލައިންގައި މަސައްކަތް ކުރާ އިތުރު ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި
ސާމްޕަލް ނެގުމުގައި ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވަނީ- ފްރަންޓްލައިންގައި މަސައްކަތް ކުރާ އިތުރު ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ފްރޮންޓް ލައިނުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު 239ށް!
 
ބައެއް ރަށްރަށް އަދިވެސް ވަނީ މޮނިޓަރިންގައި
 
ކޮންޓެކްޓް ޓްރޭސިންގ އާ ސާމްޕަލް ނެގުން ކުރިއަށްދޭ
 
ރާއްޖެއިން ވަނީ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައި

ރާއްޖޭގައި ކޮވިޑް-19 ގެ މަސައްކަތުގައި އިސް ސަފުގައި ޙަރަކާތްތެރިވާ މީހުންގެ ތެރެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 239ށް އަރާފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)އިން ބުނެފި އެވެ.

ހުކުރު ދުވަހު ގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ފެނިފައިވާ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އިސް ސަފުގައި މަސައްކަތް ކުރާ 239 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން، އެހެނިހެން ދާއިރާތަކުން ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭކަމަށް ޑޮކްޓަރ ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން އިސް ސަފުގައި މަސައްކަތް ކުރާ ފަރަކާތްތައް ޕޮޒިޓިވްވެފައި ވަނީ މެއި މަހުގެ 8 ވަނަ ދުވަހުގަ އެވެ. އެ ދުވަހު 51 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެގޮތުން ރާއްޖެއިން ފެނިފައިވާ ބޮޑެތި ކްލަސްޓަރތަކުގެ ތެރޭގައި ވެސް މި ފަރާތްތައް ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވެފައިވެ އެވެ.

ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، އެންމެ ފަހުން ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން ވަމުންދަނީ ވަރަށް ބޮޑު ޤުރުބާނީއެއް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޢާއިލާތަކުންވެސް ކެތްތެރިކަމާއެކު ގޭގައި މަޑު ކުރުމަށް ރައީސް ޞާލިޙު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައި ވާއިރު، ރާއްޖެއިން މިހާތަނަށް 1274 މީހަކ މި ވައިރަސްއަށް ޕޮޒިޓިވް ވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް