ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރު

ބަތަލާ ޖާންވީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރާ 3 މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެ

  • ބޯނީ ކަޕޫރުގެ އިތުރުން، ޖާންވީއާއި ޚުޝީގެ ޙާލުވެސް ރަނގަޅު
  • އެ އާއިލާގެ އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ
  • އްޔިތުންވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުކުރުމަށް އެދިފައިވޭ

ކ. މާލެ | 22 މެއި 2020 | ހުކުރު 09:33 | 1,693

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރު- ޖާންވީ ބޮލީވުޑަށް ތައާރަފްވީ ފިލްމު "ދަޅަކް"އިން - ގޫގުލް

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރާ 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕްރޮޑިއުސަރ ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރުއާއި ޚުޝީ ކަޕޫރާއެކު އެއް ގެއެއްގައި ދިރިއުޅެމުން ގެންދާއިރު، އެ ގޭގައި މަސައްކަތް ކުރާ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މީގެ ކުރިން އެ މައުލޫމާތުތައް މީޑިއާތަކާ ހިއްސާ ކޮށްފައިވެ އެވެ. އެއަށްފަހު ބުރާސްފަތި ދުވަހު އެ ގޭގައި މަސައްކަތް ކުރާ އިތުރު 2 މީހަކު ވައިރަސްއަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުންނާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

އެ އާއިލާއިން މީގެ ކުރިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބޯނީ ކަޕޫރުގެ އިތުރުން، ޖާންވީއާއި ޚުޝީގެ ޙާލުވެސް ރަނގަޅު ކަމަށެވެ. އަދި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށާއި، ލޮކްޑައުން އިއުލާނުކުރި ފަހުން ގެއިންވެސް ނުނިކުންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، އެ އާއިލާއިން ވަނީ މި ދަނޑިވަޅުގައި އިންޑިއާ ރައްޔިތުންވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި ގޭގައި މަޑުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އިންޑިއާގައި 4 ވަނަ ފަހަރަށް ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވާއިރު، އިންޑިއާއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 118،000ށް ވުރެ އިތުރުވެފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 3585ށް އަރާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.