އަންގާރަ 26 ޖެނުއަރީ 2021
8 ހުވަން
1442 ޖުމާދުލް އާހިރަތު 12
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ރޯދަ ބަދިގެ 1441

ޗޮކްލެޓް ޕުޑިންގ ކޭކް

 • ޗޮކްލެޓް ޕުޑިން ކޭކް ފިނިކޮށްލައިގެން ވަރަށް މީރުވާނެ

ކ. މާލެ | 18 މެއި 2020 | ހޯމަ 13:17 | 44,818

ޗޮކްލެޓް ޕުޑިންގ ކޭކް - ޔޫޓިއުބް

ކޭކު ފިހުމަށް ބޭނުންވާ ތަކެތި

 • 1 ދަޅު ގެރިކިރު
 • ½ ޖޯޑު ތެޔޮ
 • ¼ 1 ޖޯޑު ފުށް
 • 1 ޖޯޑު ހަކުރު ( ޕައުޑަރ)
 • ⅓ ކޮކޯ ޕައުޑަރ
 • 1 ސަމުސާ ބޭކިން ޕައުޑަރ
 • ½ ސަމުސާ ބޭކިންގ ސޮޑަ
 • 3/4 ޖޯޑު މިލްކް
 • 1 ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

 • ފުރަތަމަ ގެރިކިރު ބޯތައްޓަކަށް އަޅާފައި އޭގެ ތެރެއަށް ތެޔޮ އަޅައިގެން އެއްކޮށްލާށެއެވެ. ދެން އެ ތަށި މަތީގައި ފުރޭންޏެއް ބޭއްވުމަށް ފަހު، ފުށާއި، ހަކުރު، ކޮކޯ ޕައުޑަރ، ބޭކިންގ ޕައުޑަރ، ބޭކިންގ ސޮޑާ، އަޅައިގެން ފުރާނާލާށެއެވެ. އެއަށްފަހު، އޭގެ ތެރެއަށް މިލްކު އަޅައިގެން ރަނގަޅަށް ގިރާލުމަށްފަހު، ވެނީލާ އެސެންސް އަޅާފައި އެއްކޮށްލުމަށްފަހު، ޓްރޭއެއްގެ ތެރެއަށް އަޅާލާށެވެ. ދެން 180 ޑިގްރީ ސެލްސިއަސް ގައި ހޫނުކުރުމަށް ފަހު 20 މިނެޓް އަވަނުން ފިހެލާށެވެ.

ޗޮކްލެޓް ޕުޑިން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި

 • 3/4 ޖޯޑު ގެރިކިރު
 • 1.5 ޖޯޑު ކިރު (ކޮންޑެންސްޑް)
 • ⅓ ކޮކޯ ޕައުޑަރ
 • 2 ސަމުސާ ކޯންފްލަރ
 • ½ ޑާކް ޗޮކްލެޓް
 • ޗޮކޯ ޗިޕްސް
 • 6 އޯރިއޯ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް

އޯރިއޯ ބިސްކޯދު ފުނޑުކުރުމަށް ފަހު، ފުޑް ކޮންޓެއިނަރެއްގެ ތެރެއަށް އޯރިއޯ ލޭޔާއެއް އަޅާލާށެވެ. ދެން 3/4 ޖޯޑު ގެރިކިރާއި، 1.5 ޖޯޑުގެ ކިރު އަޅައިގެން ރަނގަޅަށް ހޭންޑް މިކްސަރަކުން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ކޮކޯ ޕައުޑަރާއި، ކޯން ފްލަރ ވެސް އަޅާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލުމަށް ފަހު، ފުރާނާފައި ތެއްޔަކަށް އަޅާލާށެވެ. ދެން އޮލަވަންދެން އުނދުން މަތީގައި ކައްކާލާށެވެ. އޮލަވުމުން ޑާކް ޗޮކްލެޓް އޭގެތެރެއަށް އަޅާލާށެވެ.

އެއަށްފަހު ކުރިން އޯރިއޯ އެޅި ކޮންޓެއިނަރުގެ ތެރެއަށް ކޭކު ފޮއްޗެއް ކަފާލުމަށް ފަހު ލާށެއެވެ. ދެން އޭގެ މައްޗަށް ޗޮކޯ ޗިޕްސް އަޅާލުމަށް ފަހު، ކުރިން ތައްޔާރު ކުރި ޗޮކްލެޓް ޕުޑިން އޭގެ މައްޗަށް އަޅާލާށެވެ. އެއަށްފަހު އޭގެ މެދަށްވާ ގޮތަށް މައްޗަށް ޗޮކްލެޓް ޗިޕްސް އަޅާލާށެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.