ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ރޯދަ ބަދިގެ 1441

އަނބު ސާގު ފަނި

  • ސާގު ފަންޏަކީ ފިނިކޮށްގެން ބޯލަން ވެސް މީރު ބުއިމެއް
  • ހަކުރުގެ ބަދަލުގައި ގެރިކިރުވެސް އެޅިދާނެ

ކ. މާލެ | 17 މެއި 2020 | އާދީއްތަ 14:46 | 15,239

އަނބު ސާގު ފަނި - ޑައިސްކްރިޕްޓް.ކޮމް

ބޭނުންވާ ތަކެތި

  • 1 ޖޯޑު ކާށިކިރު
  • 1 ސަމުސާ ހަކުރު
  • ¼ ޖޯޑު ސާގު
  • 1 އަނބު

ތައްޔާރުކުރާނެ ގޮތް

ސާގު ތެރެއަށް ފެންއަޅާފައި 30 ސިކުންތު ބަހައްޓާށެއެވެ. އެއަށްފަހު ވަކި ތެއްޔެއްޔެގައި ކާށި ކިރުގެ ތެރެއަށް ހަކުރު އެޅުމަށް ފަހު ކައްކާލާށެވެ. ހޫނުވުމުން ބޭލުމަށްފަހު އެއްފަރާތުގައި ބަހައްޓާށެއެވެ.

ދެން އެހެން ތެއްޔަކަށް 4ޖޯޑު ފެން އަޅާލާށެއެވެ. ފެން ހޫނުވެ ބޮކި ޖަހަން ފެށުމުން ސާގު އަޅައިގެން 10 މިނިޓް ކައްކާލާށެއެވެ.

ސާގު ބޭނުންވާ ވަރަށް ކެކުމުން ވަކިން ނަގާލުމަށް ފަހު ފިނި ފެން އެއްޗަކަށް އަޅާލާ އިރުކޮޅަކު ބެހެއްޓުމަށް ފަހު، ވަކިން ސާގު ނަގާ ކުރިން ތައްޔާރު ކުރި ކިރުގެ ތެރެއަށް އަޅާލާށެއެވެ. އެއަށްފަހު އަނބު ކިއުބުކޮށް ކޮށާފައި، ސާގު ތަށިތެރެއަށް އަޅާލުމަށްފަހު، ފިނިކޮށްގެން ކާލާށެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.