ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 02:07
ޗެމްޕިއަންސް ލީގުގައި ނާޕޮލީ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން
ޗެމްޕިއަންސް ލީގުގައި ނާޕޮލީ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮވިޑް-19
ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
 
މީގެ ކުރިން ޔުއެފާއިން ވަނީ މި ދެ މުބާރާތުގެ ފައިނަލް މެޗުތައް ފަސްކޮށްފައި

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

މީގެ ކުރިން ޔުއެފާއިން ވަނީ މި ދެ މުބާރަތުގެ ފައިނަލް މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައެވެ.

ބުދަ ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައެވެ. އަދި ދެން މި ދެ މުބާރާތް ފަށާނެ ތާރިޚެއް ކަނޑައަޅާނީ ހާލަތު ތަންދިނުމުން ކަމަށްވެސް ވަނީ ނިންމާފައެވެ. އޭގެ އިތުރަށް ޖޫން މަހަށް ތާވަލު ކޮށްފައިހުރި ބައިނަލްއަގުވާމީ މެޗުތައްވެސް ފަސްކުރަން ޔުއެފާއިން ވަނީ މި ބައްދަލުވުމުގައި ނިންމާފައެވެ.

ޔުއެފާއިން ފަސްކޮށްފައިވަނީ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުތަކެވެ. އަދި މި ތިން މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނެ ތާރީޚެއް ފަހުން ކަނޑައަޅާނެ ކަމަށް ޔުއެފާ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ސަބަބުން މި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޔުއެފާއިން ނިންމއިރު، މި ދެ މުބާރާތްވެސް ޖޫން މަހުގެ 30 ގެ ކުރިން ނިންމުމަށް ޔުއެފާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާއިން ޔޫރަޕްގެ ކްލަބު މުބާރާތްތައް ފަސްކުރިއިރު، މީގެ ކުރިން ވަނީ މިއަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައެވެ.

ދާދި ފަހުން ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަށް އަލުން ފަށަން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުގޮސްފިނަމަ ފުޓްބޯޅަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް