ކ. މާލެ
|
30 މާރޗް 2020 | ހޯމަ 20:29
(ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
(ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް
ވޮޝިންގްޓަން ޓައިމްސް
ކޮވިޑް-19
ކޮވިޑް-19 އިން ދައްކުވައިދެނީ އިންސާނުންގެ ބަލިކަށިކަން އަދި އެކަކު އަނެކަކަށް ބަރޯސާވާ މިންވަރު: ޓެޑްރޯސް
 
ފަންޑަށް މިހާތަނަށް 622 މިލިއަން ޔޫއެސް ޑޮލަަރަށްވުރެ ގިނަ ފައިސާ ލިބިފައިވޭ
 
ޤައުމުތަކަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދޭންޖެހޭ
 
ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ

ކޮވިޑް-19 އިން ދައްކުވައިދެނީ އިންސާނުންގެ ބަލިކަށިކަން ކަމަށާއި، އެކަކު އަނެކަކަށް ބަރޯސާވަންޖެހޭ މިންވަރުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފެނިގެންދާ ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން އިންސާނުންގެ ބަލިކަށިކަން ހަނދުމަކޮށްދޭ ކަމަށާއި، އެކަކު އަނެކަކަށް ބަރޯސާވާން ޖެހޭ މިންވަރު އެނގިގެންދާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ، ޤައުމުތަކުގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް، ޤައުމުތަކަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަކީ މުސްތަޤުބަލުގައިވެސް އެކަމުގެ ފައިދާ ލިބޭނެ ކަމެއް ކަމަށާއި، އެކަން މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމަށް ބަލާލުމުންވެސް އެނގިގެންދާ ކަމަށެވެ.

އޭގެއިތުރުން، ކޮވިޑް-19 ގެ ސަބަބުން އާމްދަނީއާއި، ދިރިއުޅުމުގެ ޙާލަތަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ޤައުމުތަކުގެ ސަރުކާރުން ފޯރުކޮށްދިނުމަށް ޓެޑްރޯސް އެދިވަޑައިގެންފައިވެއެވެ. އަދި މިފަދަ ބަލިމަޑުކަމެއްގެ ޙާލަތުގައިވެސް ޤައުމުތަކުގެ ޒަރޫރީ ސިއްހީ ޚިދުމަތްތައް ލިބޭކަން ކަށަވަރު ކުރަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި ޑަބްލިއުއެޗްއޯއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޓެޑްރޯސް ވިދާޅުވީ، ދުވަހެއް ދުވަހަކަށް ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ކަމަށާއި، އެއާއެކު ވެކްސިން ދިނުމާއި، ތަފާތު އިތުރު ބަލިތަކަށް ދޭންޖެހޭ ފަރުވާވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދެވެން ޖެހޭނެކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެކުލަވާލާފައިވާ ފަންޑަށް މިހާތަނަށް 622 މިލިއަން ޔޫއެސް ޑޮލަަރަށްވުރެ ގިނަ ފައިސާ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާކަންވެސް ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް