ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 08:49
ފްލައިމީގެ ފްލައިޓެއް
ފްލައިމީގެ ފްލައިޓެއް
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: ފްލައިމީގެ ދަތުރުތައް މާދަމާ ހުއްޓާލަނީ
 
ފްލައިމީ އިން ދަތުރު ކުރަނީ މާމިނގިލި އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް

ވިލާ އެއަރގެ ފްލައިމީ އިން ކުރާ ދަތުރުތައް މި މަހުގެ 29 އިން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.

ފްލައިމީގެ ކޮމާޝަލް ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާ ވިލާ އެއަރ އިން ނެރުނު ސާކިޔުލާގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމާއި ގުޅިގެން އެ އެއަރލައިނުގެ ފަސިންޖަރުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 29 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެއަރލައިނުގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ފްލައިމީ އިން ބުނީ އެ އެއަރލައިނުގެ ދަތުރުތައް ހާއްސަ ރިކުއެސްޓުގެ ދަށުން ކުރާނެ ކަމަށާއި ކްރޫ އާއި މުވައްޒަފުން އަބަދު ވެސް ތިބޭނީ ސްޓޭންޑްބައި ގައި ކަމަށެވެ.

ފްލައިމީ އިން ދަތުރު ކުރަނީ މާމިނގިލި އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ވެސް ބޮޑު އަސަރެއްކޮށްފައިވާއިރު މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރާއްޖެ އަށް ފަތުރުވެރިން އައުންވެސް މުއްދަތެއް ނެތް ގޮތަށް ވަނީ މަނާކުރެވިފައެވެ.

20%
40%
40%
0%
0%
0%
ކޮމެންޓް