ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ވިޔަފާރި - ހޮރައިޒަން

ހޮރައިޒަން އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ހެޔޮކޮށްފި

  • މިހާރު 650 ރުފިޔާ އަށް ވިއްކާ މާންދޫ ތެޔޮ މަސްދަޅު ކޭހެއް މިއަދުން ފެށިގެން ވިއްކާނީ 635 ރުފިޔާއަށް

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 21 މާރޗް 2020 | ހޮނިހިރު 03:16 9,326

ހޮރައިޒަންގެ މާންދޫ މަސްދަޅު ވިއްކާ ފިހާރަ - ރާއްޖެއެމްވީ

ހޮރައިޒަން ފިޝަރީޒް އިން ވިއްކާ "މާންދޫ މަސް" ބްރޭންޑްގެ ތެޔޮ މަސްދަޅުގެ އަގު ހެޔޮކޮށްފި އެވެ.

ހޮރައިޒަން ފިޝަރީޒް އިން ބުނީ އެކުންފުނިން ވިއްކާ ތެޔޮ މަސްދަޅު ކޭހުގެ އަގު ހެޔޮކުރީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ރާއްޖޭގައި ވެސް މިހާރު ފެތުރެން ފަށާފައިވާތީ އިގްތިސާދަށް އަންނަމުން މިދާ ހީނަރުކަމާއެކު ރައްޔިތުންގެ ދިރިއުޅުމަށް ލުއިކަމެއް ގެނެސްދިނުމަށް ކަމަށެވެ.

ހޮރައިޒަން އިން ބުނީ މިހާރު 650 ރުފިޔާ އަށް ވިއްކާ މާންދޫ ތެޔޮ މަސްދަޅު ކޭހެއް ދެން ވިއްކާނީ 635 ރުފިޔާއަށް ކަމަށެވެ.

ހޮރައިޒަން އިން ބުނީ އެކުންފުނިން ވިއްކާ މަސްދަޅު ކޭސްތައް އެއްވެސް ދަތިކަމެއް ނެތި ރަމަޟާން މަހުވެސް ލިބެން ހުންނާނެ ކަމަށާއި ސްޓޮކް އެބަހުރި ކަމަށެވެ. އަދި ސްޓޮކް ހުސްވިޔަސް މަސް ދަޅު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމުގެ ގާބިލްކަން ހޮރައިޒަންގައި އެބަހުރި ކަމަށެވެ.

އެހެންކަމުން ކުންފުނީގެ މަގްސަދަކީ ރައްޔިތުންނަށް އެއްވެސް ދަތިކަމަކާ ނުލާ، މިހާރު މިއޮތް ހާލަތުން އަރައިގަނެވެންދެން މަހުގެ ބާވަތްތައް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް