ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 17:10
ޑައިމަންޑް ޕްރިންސަސް ކްރޫޒް ޝިޕް
ޑައިމަންޑް ޕްރިންސަސް ކްރޫޒް ޝިޕް
ސީއެންބީސީ
ކޮވިޑް-19
ޖަޕާނުގައި ބަނދަރުކޮށްފައިވާ ކްރޫޒް ޝިޕް ގައި ތިބި އެމެރިކާ ރައްޔިތުން ގެންގޮސްފި
 
ޑައިމަންޑް ޕްރިންސަސް އިން ޖުމުލަ 454 ކޭސް މިހާތަނަށް ކަށަވަރު ކުރެވިފައިވޭ
 
ކްރޫޒް ޝިޕްގައި 400 އެއްހާ އެމެރިކާ ރައްޔިތުން ތިބި
 
މި ޝިޕް އޮތީ 3 ފެބްރުއަރީން ފަށައިގެން ކަރަންޓީން ކޮށްފައި

ޖަޕާނުގެ ޔޮކޮހަމާ ބޭގައި ބަނދަރުކޮށްފައި އޮތް "ޑައިމަންޑް ޕްރިންސަސް" ނަމަކަށް ކިޔާ ކްރޫޒް ޝިޕްގައި ތިބި އެމެރިކާ ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފިއެވެ.

ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން 3 ފެބްރުއަރީން ފަށައިގެން ކަރަންޓީން ކޮށްފައި އޮތް މި ކްރޫޒް ޝިޕްގައި 400 އެއްހާ އެމެރިކާ ރައްޔިތުން ތިބިކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ކްރޫޒް ޝިޕް އިން އަނބުރާ ގެންދިޔަ މީހުން ޔޫއެސް އެއާފޯސް ބޭސްއަކަށް ގެންގޮސްފައިވާ ކަމަށާއި، އެތަނުގައި 14 ދުވަސް ވަންދެން އެމީހުން ކަރަންޓީން ކުރާނެ ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އަނބުރާ ޤައުމަށް ދިޔަ މީހުންގެ ތެރޭގައިވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ 14 މީހުން ތިބިއިރު، އެމީހުންނަށް އެހެން ފަސިންޖަރުންނާ ވަކިކޮށްގެން ވަނީ ގެންގޮސްފައެވެ.

އޭގެ އިތުރުން، ކްރޫޒް ޝިޕް ތެރޭގައި މި ވައިރަސް ހުރިކަން ކަށަވަރުވެފައިވާ 40 އެމެރިކާ ރައްޔިތުން މިހާރު އެބަތިބި ކަމަށާއި، އެމީހުންނަށް ޖަޕާނުގައި ފަރުވާދޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަޕާނުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި އިތުރަށް ބުނީ، ހޯމަ ދުވަހުވެސް އެ ބޯޓުން ކޮވިޑް-19 ގެ 99 ކޭސް ފެންމަތިވެފައިވާ ކަމަށާއި، އެއާއެކު ޑައިމަންޑް ޕްރިންސަސް އިން ޖުމުލަ 454 ކޭސް މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި މިއީ މި ވައިރަސް ފުރަތަމަ ފެނުނު ޤައުމު ކަމަށްވާ ޗައިނާއިން ބޭރުން މިހައި ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ތަން ކަމަަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް މި ބޯޓުގައި 3700 އެއްހާ މީހުން ތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް