ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 16:52
ޤާސިމްގެ ޤާތިލު އަދުޙަމް މުޙައްމަދު ކްރިމިނަލް ކޯޓަށް ވައްދަނީ
ޤާސިމްގެ ޤާތިލު އަދުޙަމް މުޙައްމަދު ކްރިމިނަލް ކޯޓަށް ވައްދަނީ
ރާއްޖެއެމްވީ
ޤާސިމްގެ މަރު
ޤާސިމްގެ މަރު: އަދުހަމްގެ މައްޗަށް އަވަސް ނިޔާގެ ޝަރީއަތުން ޙުކުމް ކުރުން މާދަމާ !
 
އަދުޙަމްއާއި ޕީޖީ އޮފީހާއެކު ވަނީ އިޢުތިރާފްގެ އެއްބަސްވުމެއް ހަދާފަ
 
މައްސަލަ ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށް
 
އަދުޙަމް ވަނީ ކުށަށް އިޢުތިރާފުވެފައި

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ޤާސިމް ހަސަންގެ މަރުގެ މައްސަލައިގެ ދައުވާ އުފުލާފައިވާ އަދުޙަމް މުޙައްމަދުގެ އަވަސް ނިޔާގެ ޝަރީއަތް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލަ ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާއި، ކުށް ސާބިތު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހަޅާ ހެއްކާއި ގަރީނާތަކާއި، އަދުޙަމުގެ އިއުތިރާފްގެ ބަޔާން އިއްވާފަ އެވެ.

އަދުހަމް ދީފައިވާ ބަޔާން ދައުލަތުން އިއްވިއިރު، އަދުހަމް ފޭރޭން މަސައްކަތްކުރީ ކުށްޔަށް އުޅޭ ގޭގެ ކުލި ނުދެއްކައިގެން ގެއިން ނުކުންނަން ޖެހޭ ހާލަތަށް ދިއުމުންކަން ފާހަގަ ކޮށްފައިވެއެވެ.

މި ދައުވާގެ އިބްތިދާޢީ މަރުޙަލާގައި އަދުޙަމް ކުށަށް އިޢުތިރާފު ވެފައިވާއިރު، އަދުޙަމްއާއި ޕީޖީ އޮފީހާއެކު ވަނީ އިޢުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ.

އެގޮތުން މި މައްސަލައިގައި ކުށް ސާބިތުވެއްޖެ ނަމަ އަދުޙަމަށް އަންނާނީ އުމުރަށް (25 އަހަރުގެ) ޖަލަށްލުމުގެ ޙުކުމެއް ކަމަށާއި، ނަމަވެސް އިޢުތިރާފްގެ ބަޔާން ޝަރީއަތުން ގަބޫލުކޮށް، އެ ބަޔާން ދަމަހައްޓައިފިނަމަ، އަދުޙަމްގެ މައްޗަށް އިއްވާ ޙުކުމުގެ އަދަބު ލުއިވެ، އިއްވޭނީ 17 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

އެހެންކަމުން އަދުޙަމްގެ އިޢުތިރާފްގެ ބަޔާން އޭނާ ދަމަހައްޓައި، ވާހަކަތައް ބަދަލު ނުކުރާނަމަ އަންގާރަ ދުވަހުގެ އަޑުއެހުމުގައި ޙުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ރަޝީދުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް