އަންގާރަ 29 ސެޕްޓެންބަރ 2020
09 އަތަ
1442 ސަފަރު 11
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:01
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
އެލިއާ

ޔަމަހާ ސިޓީ ޕްރޮމޯޝަން ފަށައިފި

  • ޕްރޮމޯޝަން ކުރިޔަށް ދާނީ 24 ޖެނުއަރީ 2020 އިން 20 ފެބްރުއަރީ 2020 ގެ ނިޔަލަށް

ކ. މާލެ | 24 ޖެނުއަރީ 2020 | ހުކުރު 22:34 | 2,734

އެލިއާ އިން ކުރިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގެ ތެރެއިން - ރާއްޖެއެމްވީ

އެލިއާ އިންވެސްޓްމަންޓްސް އިން އައު އަހަރާއި ދިމާކޮށް އަހަރުގެ އެކި ހިސާބުތަކަށް ބަހާލެވިގެން، ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން 'ޔަމަހާ ސިޓީ' ގެ ނަމުގައި ފަށައިފިއެވެ.

އެލިއާ އިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ 24 ޖެނުއަރީ 2020 އިން 20 ފެބްރުއަރީ 2020 ގެ ނިޔަލަށް ކަމަށެވެ.

ޔަމަހާ ސިޓީގެ ފުރަތަމަ ޕްރޮމޯޝަން 'ޔަމަހާ މޮޓޯ ގާޑިއަން'ގެ ދަށުން، ސައިކަލު ގަންނައިރު ސައިކަލު ލިބޭނީ ކަސްޓަމަރުންގެ އަތުން އެއްވެސް ހަރަދަކާ ނުލާ ފުލް އިންޝުއަރެންސް ކުރެވިގެން ކަމަށް އެލިއާ އިން ބުނެއެވެ.

"ޔަމަހާ މޮޓޯ ގާޑިއަން" އަކީ ކަސްޓަމަރުންގެ ސައިކަލު ގެއްލުމުންނާއި އެކްސިޑެންޓްތަކުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އަދި ކަސްޓަމަރުން އެހީއަކަށް ބޭނުންވި ހިނދު ކަސްޓަމަރަށް ލިބިފައިވާ އިތުބާރުހުރި ބަލަދުވެރިއަކަށް ވެގެންދާނެ ކަމަށާއި އެލިއާ އިން އިންސްޓޯލްމެންޓަށް ދޫކުރާ ކޮންމެ ސައިކަލަކީ ވެސް ސައިކަލަށް ދައްކާލެވޭ ފުރަތަމަ ޕޭމަންޓްއާއެކު ކަސްޓަމަރުގެ އަމިއްލަ ނަމަށް ރަޖިސްޓްރީ ކުރެވި، "ޕީ" ބޯޑުގައި ލިބިގެންދާ ސައިކަލެއް ކަމަށް އެލިއާ އިން ބުންޏެވެ.

މި ޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު 3009797 އަށް ގުޅުމުން ލިބޭނެ ކަމަށް އެލިއާ އިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.