ބުދަ 30 ސެޕްޓެންބަރ 2020
10 އަތަ
1442 ސަފަރު 12
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:01
އިޝާ 19:12
އައިކިއާ

އަލަމާރިއެއް ދަށުވެ މަރުވި ދެ އަހަރުގެ ކުއްޖާގެ އާއިލާއަށް 46 މިލިއަން ޑޮލަރު ދެނީ

  • މަރުވެފައިވަނީ އުމުރުން 2 އަހަރުގެ ޖޯސެފް ޑުޑެކް
  • މިއީ ތުއްތު ކުއްޖެއްގެ މަރާއި ގުޅިގެން މިހައި ބޮޑު ބަދަލެއް ދޭ ފުރަތަަމަ ފަހަރު
  • އާއިލާއިން ކުންފުންޏާއި ދެކޮޅަށް ދައުވާކޮށްފައިވަނީ 2018 ވަނަ އަަހަރު

ކ. މާލެ | 8 ޖެނުއަރީ 2020 | ބުދަ 09:52 | 39,138

އައިކިއާގެ ފިހާރައެއް - ގޫގުލް

ދުނިޔޭގެ މަޤުބޫލު ފަރުނީޗަރު ވިޔަފާރިއެއްކަމަށްވާ އައިކިއާއިން ވިއްކި އަލަމާރިއެއްގެ ދަށުވެގެން މަރުވި 2 އަހަރުގެ ފިރިހެން ކުއްޖާގެ ޢާއިލާއަށް 46 މިލިއަން ޔޫއެސް ޑޮލަރު ދިނުމަށް އައިކިއާއިން ނިންމައިފިއެވެ.

2017 ވަނަ އަހަރު ކެލިފޯނިއާގައި ހިނގި މި ޙާދިސާގައި އައިކިއާގެ އަލަމާރިއެއް ދަށުވެ މަރުވެފައިވަނީ، އުމުރުން 2 އަހަރުގެ ޖޯސެފް ޑުޑެކްއެވެ. އެގޮތުން ޢާއިލާގެ ވަކީލާއި ޙަވާލާދީ މީޑިއާތައް ރިޕޯރޓް ކޮށްފައިވާގޮތުން ޖޯސެފް މަރުވީ އަލަމާރި ވެއްޓި އޭގެދަށުވެގެން ކަރަށް ބޮޑެތި އަނިޔާތަކެއްވެ ނޭވާ ހާސްވުމުގެ ސަބަބުންނެވެ.

އެގޮތުން މާލމް ބްރޭންޑުގެ މި އަލަމާރި ސެޓުގެ ސަބަބުން އޭގެ އިތުރުންވެސް ބައެއް ޙާދިސާތައް އެކި ކަންކޮޅުތަކުގައި ހިނގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާގެ ޢައިލާއިން ކުންފުންޏާއި ދެކޮޅަށް ދަޢުވާކޮށްފައިވަނީ 2018 ވަނަ އަަހަރުއެވެ. ސަބަބެއް ކަމުގައި، ޢާއިލާއިން ފާހަގަކޮށްފައިވަނީ ކުންފުނިން އުފައްދާ އުފެއްދުންތަކުގެ ފެންވަރު ދަށްވުމާއި، އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވުމެވެ.

އެގޮތުން އައިކިއާއިން ވަނީ ޢާއިލާއަށް 46 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައެވެ. މިއީ އެމެރިކާގެ ތާރީޚުގައި ތުއްތު ކުއްޖެއްގެ މަރުގެ މައްސަލައެއްގައި، މިވަރުގެ ބޮޑު ބަދަލެއް ދޭ ފުރަތަަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.