ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 03:14
އީރާންގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ
އީރާންގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ
ރޮއިޓަރސް
ސުލައިމާނީގެ މަރު
އީރާނުގެ މިލިޓަރީ ލީޑަރުގެ މަރާއި ގުޅިގެން ތެލުގެ އަގު ކުއްލިއަކަށް ބޮޑުވެއްޖެ
 
ހަމަލާގެ ސަބަބުން ތެލުގެ އަގުތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުން
 
މެދުއިރުމަތީގެ ގިނަ ޤައުމުތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބާޒާރުގައި ކުރީގައި އުޅޭ ޤައުމުތައް
 
ހުކުރު ދުވަހު އެކަނިވެސް ތެލުގެ އަގު 4 އިންސައްތައަށް ވަނީ ބޮޑުވެފައި

އެމެރިކާއިން ދިން ހަމަލާއެއްގައި އީރާންގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ތެލުގެ އަގު ބޮޑުވެއްޖެއެވެ.

މި ހަމަލާއާއި ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކުގައި ހަމަނުޖެހުންތައް އުފެދިގެންދާނެ ކަމުގެ ބިރުހީވެފައިވާއިރު، ދުނިޔޭގެ ތެލުވެ ވިޔަފާރީގެ ބާޒާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހު އެކަނިވެސް ތެލުގެ އަގު 4 އިންސައްތައަށް ވަނީ ބޮޑުވެފައެވެ.

އެގޮތުން މެދުއިރުމަތީގެ ގިނަ ޤައުމުތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބާޒާރުގައި އެންމެ ކުރީގައި އުޅޭ ޤައުމުތައް ކަމަށްވާއިރު، މި ހަމަލާގެ ސަބަބުން ތެލުގެ އަގުތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިއުމަކީ މެދު އިރުމަތީގެ ތެލުގެ ވިޔަފާރި ކުރާ ޤައުމުތަކަށް އޮތް ގޮންޖެހުމެއް ނަމަވެސް އެމެރިކާގެ އިޤްތިސާދަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯރޓްތައް ބުނެއެވެ. ސަބަބަކީ އެމެރިކާއިން އެ ޤައުމުގެ ތެލުގެ ވިޔަފާރީ ފުޅާކޮށްފައިވުމެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއީ ވަނީ ތިން ދުވަސް ގައުމީ ހިތާމައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމަވާފަ އެވެ. އަދި ހާމަނާއީ ވަނީ ސުލައިމާނީ އަކީ ޝަހީދެއްކަމަށް ވިދާޅުވެ ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް