އާދީއްތަ 26 ޖެނުއަރީ 2020
8 ހުވަން
1441 ޖުމާދުލް އާހިރަތު 01
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33
ލުއި ޚަބަރު - ބޮލީވުޑް

މަރްދާނީ 2 ވައްޓާލުމަށްފަހު ޖުމާންޖީ- ދަ ނެކްސްޓް ލެވެލް އިންޑިއާގެ ސިނަމާތައް ހިސާރުކޮށްފި

  • ފުރަތަމަ ދުވަހުގެ ހިސާބުތަކަށް ބަލާ އިރު އެ ފިލްމަށް 6.2 ކްރޯރް ރުޕީސްވަނީ ލިބިފަ

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 14 ޑިސެންބަރު 2019 | ހޮނިހިރު 23:22 3,119

ޖުމާންޖީ ދަ ނެކްސްޓް ލެވެލްގެ ޕޯސްޓަރެއް - ގޫގުލް

ބޮލީވުޑްގައި މި ހަފުތާގައި އެންމެ ހިނގަމުން އައި ރާނީ މުކަރުޖީގެ މަރުދާނީ 2 ވައްޓާލުމަށްފަހު ހޮލީވުޑްގެ ޖުމާންޖީ ދަ ނެކްސްޓް ލެވެލް އިންޑިއާގައި ހިޓަކަށް ވެއްޖެއެވެ.

ޖުމާންޖީގެ ދަ ނެކްސްޓް ލެވެލް އިންޑިއާގައި ހިޓަކަށް ވެފައިވާ އިރު، ފުރަތަމަ ދުވަހުގެ ހިސާބުތަކަށް ބަލާ އިރު އެ ފިލްމަށް 6.2 ކްރޯރް ރުޕީސްވަނީ ލިބިފައެވެ. އަދި މިއާއެކު މި ހަފުތާގައި އިންޑިއާގެ ސިނަމާތަކުގައި އެޅުވި އެންމެ ހިޓް ފިލްމުގެ ލަގަބު ޖުމާންޖީއަށް ލިބިފައިވާ އިރު، ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ރާނީ މުކަރުޖީގެ މަރުދާނީ 2 އާއި ދަ ބޮޑީ އަދި މުއްދާ 370 ވަނީ ވައްޓާލާފައެވެ.

ހަފުތާގެ ހިސާބުތަކަށް ބަލާ އިރު، މަރުދާނީ 2 އަށް ލިބިފައިވަނީ 3.25 ކްރޯޑް ރުޕީސްއެވެ. އަދި ދަ ބޮޑީއަށް 50 ލައްކަ އަދި މުއްދާ 370 އަށް ލިބިފައިވަނީ 10 ވަރަކަށް ލައްކަ ރުޕީސްއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން އިންޑިއާގެ ސިނަމާތަކުގައި އެޅުވި މަރުދާނީ 2 ބަލަން ގޮސްފައިވަނީ މަދު ބައެކެވެ. އަދި އެއާ ހިލާފަށް މަރުދާނީއާ އެއްކޮށް އިންޑިއާގެ ސިނަމާތަކުގައި އެޅުވި ޖުމާންޖީ ދަ ނެކްސްޓް ލެވެލް ގިނަ މީހުން ވަނީ ބަލާފައެވެ.

މަރުދާނީ 2 އަށް ލިބުނު ތަރުހީބު ދަށް ނަމަވެސް 2014 ވަނަ އަހަރު ނެރުނު މި ފިލްމުގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް