ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 17:41
ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހު އަދި ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ
ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހު އަދި ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ
އެސްޓީއޯ
މޯލްޑިވްސް ބިޒްނަސް އެވޯޑްސް
މޯލްޑިވްސް ބިޒްނަސް އެވޯޑްސް މި މަހުގެ 21 ވަނަ ދުވަހު، ކްރޮސްރޯޑްސް މޯލްޑިވްސްގަ!
 
މިއަހަރު ވެސް 29 ކެޓަގަރީއަކުން އެވޯޑު ދޭނެ
 
މިފަހަރުގެ އެވޯޑް ހަފްލާގައި 200 މީހުން ބައިވެރިވާނެ
 
ބިޒްނަސް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު

މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއައި) މި މަހުގެ 21 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވަން ނިންމައިފިއެވެ.

މި އިވެންޓް އިންތިޒާމު ކުރާ ބްލޭޒަން އިންކުން ބުނީ މިފަހަރުގެ އެވޯޑް ހަފުލާގައި 200 މީހުން ބައިވެރިވާނެ ކަމަށާއި މި އަހަރު ވެސް 29 ކެޓަގަރީއަކުން އެވޯޑު ދޭނެ ކަމަށެވެ.

އެމްބީއޭ އެވޯޑަށް ނޮމިނޭޝަނަށް ހުޅުވާލުމާއެކު 50 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާއިރު މީގެތެރޭގައި ވިޔަފާރީގެ އެކި ދާއިރާތަކާއި ސިނާޢަތްތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޖަޖު ކުރުން މިހާރު ވަނީ ނިންމާލާފައެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުގެ ސަބަބުން އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތަކާއި ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީ ވުމަށް ހިތްވަރުދިނުމެވެ.

އެސްޓީއޯ އިން ވަނީ މި އަހަރު ވެސް އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވެފައެވެ. މިއީ އެސްޓީއޯ އިން މި އެވޯޑުގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ބާއްވަން ފެށީ މިދިޔަ އަހަރެވެ. ފުރަތަމަ އެވޯޑްސް ޙަފުލާގެ ތެރެއިން ތަފާތު 23 ދާއިރާއަކުން އެކި ފަރާތްތަކަށް އެވޯޑު ދިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް