ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ރާއްޖެ - މިފްކޯގެ އަހަރީ ދުވަސް

މިފްކޯއަށް 26 އަހަރު: ގިނަ ދުވަހު ޚިދްމަތް ކުރެއްވި ފަރާތްތަކަށް އެވޯރޑް ދީފި

  • މިފްކޯގެ އިތުރު 4 ޕްރޮޑަކްޓެއްވެސް ލޯންޗުކޮށްފައިވޭ
  • މަސް ޕްރޮސެސް ކުރުމުގެ އެންމެ ދިގު ތާރީޚެއް އޮތް ކުންފުންޏަކީ މިފްކޯ
  • އެވޯރޑް ދިނީ 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 15 ނޮވެންބަރު 2019 | ހުކުރު 23:41 5,242

މިފްކޯގެ މަސްފިހާރައެއް - ޝުއައިބް މުހައްމަދު އިގްބާލް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، އެ ކުންފުންޏަށް ގިނަ ދުވަހު ޚިދްމަތްކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފިއެވެ.

ހުކުުރު ދުވަހުގެރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިފްކޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ފަރާތްތަކަށް އެވޯރޑް ދީފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިފްކޯއަކީ މަސްވެރިކަމުގެ ސިނާޢަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް ކަމަށާއި، މަސް ޕްރޮސެސް ކުރުމުގެ އެންމެ ދިގު ތާރީޚެއް އޮތް ކުންފުންޏަކީވެސް މިފްކޯ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އައި ބަދަލުތަކާއެކުވެސް، އެ ދަތި އުދަނގޫތަކާއެކު ބުރަ މަސައްކަތުން މިފްކޯ ދިގު ރާސްތާއެއް ކަޑައްތުކޮށްފައިވާތީ، މިނިސްޓަރ ވަނީ މިނިސްޓަރ ވަނީ އެކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ އިތުރު 4 އުފެއްދުމެއް ލޯންޗުކޮށްފައިވެއެވެ. އެ އުފެއްދުންތަކާއި ގުޅޭގޮތުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އަލަށް ލޯންޗުކުރި ހަތަރު އުފެއްދުމަކީ ޢާމުންނަށް ވަރަށް ބޭނުންތެރި މުހިއްމު އުފެއްދުންތަކަކައް ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިފްކޯއިން އަލަށް ތައާރަފް ކުރި ޕްރޮޑަކްޓްތައް

ފައުޒީ އިތުރަށް ވިދާޅުވީ، މިފްކޯއަކީ ކޮންމެ މަސްވެރި އާއިލާއަކާއި ގުޅިފައިވާ ކުންފުންޏެއް ކަމަށާއި، ފާއިތުވި ދުވަސްތަކުގައި ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިފްކޯގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށްޓަކައި އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ފައުޒީ ދެއްވިއެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސް ކިރަން އަންނަ އުޅަނދުތަކަށް ފަސޭހަކަމާއެކު ކައިރި ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ފާއިތުވި އަހަރުތަކުގައި އެކި ދާއިރާތަކުން ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. 2018 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރއާއި އަޅާބަލާއިރު މިއަހަރު މަސްގަނެފައިވާ ޢަދަދަށް އެކަނި ބަލާލިނަމަވެސް 78 އިންސައްތައިގެ ކުރިއެރުމެއް މިފްކޯއިންވަނީ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް