ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 23:36
ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން
ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން
ޔޫސުފް ސޮފްވާން ރަޝީދު
ޕީޕީއެމް
ޕީޕީއެމްގެ ޕޯޑިއަމް ދޫކޮށް ދިޔަ ބަޔަކަށް ދެން އަލުން ފުރުސަތެއް ނުދޭނަން: ޔާމީން
 
ރާއްޖޭގެ ވޮރިއަރުން ނުވަތަ ދިވެހިރާއްޖޭގެ އަމަން ދިފާއުކުރަން ސިޔާސީ ހަނގުރާމަކުރާ މީހުން އަންނާނީ ޕީޕީއެމްގެ ޕޯޑިއަމަށް
 
ޕީޕީއެމް ޕީއެންސީގެ ޕޯޑިއަމްއަކީ ސާބިތުކަމާ ހިތްވަރާއެކީ މަސައްކަތްކުރާ މީހުންނަށް ނޫނިއްޔާ ޕޯޑިއަމްއިން ޖާގަ ނުދޭ ޕޯޑިއަކަށް ހައްދަވާނަން
 
ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ވަނީ ކުއްލި ގޮތަކަށް ޕާޓީން ވަކިވެ ޖޭޕީއާއި ގުޅިވަޑައިގެންފައި

ޕީޕީއެމް ދޫކޮށް އެހެން ޕާޓީތަކަށް ދިޔަ ބަޔަކަށް ދެން އަލުން އެ ފުރުސަތު ނުދެއްވާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ބުދަ ދުވަހު ޕީޕިއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ޕާޓީން ދިޔަ ބަޔަކަށް އަލުން އެ ޕާޓީއަށް އައުމުގެ ފުރުސަތު ނުދެއްވާނެކަމަށް ޔާމީން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް ވަނީ ޕާޓީން ކުއްލިގޮތަކަށް ވަކިވެވަޑައިގެން ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެންބަރުންނަށް ކަށަވަރުކޮށްދޭން ބޭނުންވާ ވާހަކަފުޅަކީ ޕީޕީއެމް ޕީއެންސީގެ ޕޯޑިއަމްއަކީ ސާބިތުކަމާ ހިތްވަރާއެކީ މަސައްކަތްކުރާ މީހުންނަށް ނޫނިއްޔާ ޕޯޑިއަމްއިން ޖާގަ ނުދޭ ޕޯޑިއަކަށް ހައްދަވާނެ ކަމަށެވެ. އަދި އެއީ ޝަރަފްވެރި ޕޯޑިއަމްއެއް ކަމަށާއި، އެ ޕޯޑިއަމްގައި ދުވާލަކު ގޮތަކަށް އޭނަގެ ފިކުރު ބަދަލުވާކަން ފުރުސަތު ނުދެއްވޭނެ ކަމަށެވެ.

މި ޕޯޑިއަމްއަކީ ގައުމުގެ ސަލާމަތާއި ގައުމުގެ މަސްލަހަތާއި އަމާންކަމާއި ދީނާއި އަދި އަޅުގަނޑުމެން ގަބޫލުކުރާ މަސްދަރުތައް އެންމެ ވަރުގަދަޔަށް ހިމާޔަތްކޮށްދޭނެ ޕޯޑިއަމްއަކީ މި ޕޯޑިއަމް. މީގެ ކުރީގައި މި ޕޯޑިއަމްގައި ވާހަކަދައްކަވާފައި އެބޭފުޅުންގެ ސިޔާސީ ވިސްނުން ބަދަލުވެގެން ގޮސްފައި، އެބޭފުޅުންގެ ދީނީ ފިކުރު ބަދަލުވެގެން ގޮސްފައި ވާހަކަ ވިދާޅުވާން ނުކެރިގެން ފިއލްަވާ ގޭގައި ތިއްބަވާ ބޭފުޅުންނަކަށް ދެނެއް މި ޕޯޑިއަމަކުން އަޅުގަނޑުމެން ޖާގައެއް ނުދޭނަން.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ރާއްޖޭގެ ވޮރިއަރުން ނުވަތަ ދިވެހިރާއްޖޭގެ އަމަން ދިފާއުކުރަން ސިޔާސީ ހަނގުރާމަކުރާ މީހުން އަންނާނީ އެ ޕޯޑިއަމަށް ކަމަށެވެ. އަދި އެހެން މީހުންނަކީ އެމީހުންގެ އަމިއްލަ މުހުތާދުތައް ފުއްދުމަށްޓަަކައި ކޮންމެސް ކަހަލަ ބޭނުމެއްގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އަޅުގަނޑުމެން ފަށައިގެން މިއުޅޭ ދަތުރަކީ އިއްޔެއަކު އަދި އިހައްދުވަހެއްގެ ދަތުރެއް ނޫން. އަޅުގަނޑުމެން ފަށައިގެން މިއުޅޭ ދަތުރަކީ މި ރާއްޖެ ބަދަލުކުރުމާ ދެކޮޅަށް ފަށައިގެން އުޅޭ ދަތުރެއް. މި އޮޑިން ފުއްމާލި މީހުންނަކީ އަޅުގަނޑުމެންނަށް ހިޔާނާތްތެރިވި މީހުން. މި އޮޑިން ފުއްމާލި މީހުންނަކީ އަޅުގަނޑުމެންގެ ވިސްނުމާއި ރައްޔިތުންގެ ވިސްނުމާއި ގުޅުންތަކާއި ދުރަށްދިޔަ މީހުން. އެމީހުން މިހާރު އެކިއެކި ދިމާލަށްގޮސްފައި ތިބެފައި ދޭތެރެ ދޭތެރެއިން ކުދިކުދި ވާހަކަ ބުންޏަސް އަޅުގަނޑުމެންނަށް އެއަކަށް ތާއިދެއް ނުކުރެވޭނެ،
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ދިވެހިރައްޔިތުންގެ ހައްގާއި ގާނޫނު އަސާސީ ދެމެހެއްޓުމާއި ރާއްޖެއާއި އިސްލާމްދީނުގެ ހުރިހާ މުހިންމު އުސޫލުތަކާއި ރުކުންތައް ދެމެހެއްޓުމުގައި އެންމެ ވަރުގަދަޔަށް މަސައްކަތްކުރާ ބަޔަކީ ޕީޕީއެމް ޕީއެންސީ ކަމަށެވެ. އަދި ދެން ތިބީ ސިޔާސީ ވިސްނުމެއް އަދި އައިޑޮލަޖީއެއް ތިބި ބައެއް ނޫން ކަމަށާއި، ކޮންމެ ގޮތެއް ހެޔޮ އަދި ލާދީނީ ސަރުކާރެއް ދަމަހައްޓަން މަސައްކަތްކުރާ ބަޔަކު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
38%
3%
12%
41%
0%
ކޮމެންޓް
14 ނޮވެންބަރ 2019 | ބުރާސްފަތި 09:34
އެދުރު ހަސަން
ޢަހަންނަ ހަމަ ހީވަނީ ފުރުސަތު ބޮނޑީ އެމީހުންނަ ހެން. އަދިވެސް ނިދިން ހޭލާކައް ނުވޭތަ
14 ނޮވެންބަރ 2019 | ބުރާސްފަތި 03:05
އެދުރު ހަސަން
ޢަޗާ އަޅެ ގަދައެއްނޫންތަ. މިހިރަ ދައްކާވާހަކަ އަޑުއަހާފަ މީހަކު ހައިރާނެއްނުވާނެތަ؟" ބޮނޑު އަދަދަކުން ފައިސާ ގެއައް ވައްދާފިއްޔާމު އެކަކުވެސް އަހާނުލާނެ ކިހިނެއް ހޯދިފައިސާއެއްތޯ.ހުދު ގޭގައި ހުންނަ އަނބިމީހާވެސް އަހާނުލާނެ ކިހިނެއްހޯދި ފައިސާއެއްތޯ ، ބެންކޮކުގެ އަންހެންކުދިންކާރީގަ ފައިސާދީގެން ރޭކުރީމަކާ ނުވާނެ ޒިނޭކުރީކަމައް. ދޮއެއްތޯ ޝިޔާމު."އެކަމަކުވެސް މިކިޔަނީ ދީނޭ ވަހްދަތޭ، ސިޔާދަތޯ. އަމައޭ ކިޔާބަލަ. އަރަޤުވާންފެޝީމަ ފިރުއައުނުވެސް ޝަހާދަތް ކިޔޭތޯއުޅުނު. އެވަރުވެސް ނުވިއެއްނުން. އެމް އެމްޕީއާރުސީގެ ހިޔާނާނާތުގެ އެއްމިލިއަން ޑޮލަރ އަމިއްލަ އެކަުންޓުގައި ބަހައްޓައިގެންހުރެ ލަދުހަޔާތްކުޑަކަމުން ރައިއްޔަތުންކުރިމައްޗައްނިކުމެ އަނގަ އެބަތަޅައެއްނުން. އަގަނުތަޅާ ގޭގަ މަޑުން ހުރެވޭތޯ ދެންވެސްބަލާބަލަ. މިހާރަކު ގޮވާލީމަކާ ބުރިޖުމައްޗައް ކުޅިބަލާކައްވެސް އެކަކުވެސްނުދާނެ. ޢެދުވަހުދިޔައީ ބުރިޖުބަލަން. ނައީމާ ދައްތަވެސް ދިޔައީބުރިޖުބަލަން. ދެންވެސް އަމިއްލައައް އިސްލާހުވާންއުޅެބަލަ. ކުޑަގޮޅީގަ އޮންނަ އިރު ފޫހިފިލުވައިދޭން ކުރުވާހަކަ ކިޔާދޭން ޓިނު އަދުރޭވެސްނުދާނެ. އެކަނިވެރިކަން ފިލުވައިދޭން އެއްކަލަ ބަންގާޅީ ދޮންސޮރެއްވެސް ނުދާނެ. ހުދު ގޭގައި ހުންނަ އަނބި މީހާވެސް އަހާނުލާނެ ގިނައަދަދެއްގެ ފައިސާ ގެނައި ފިރިމީހާވީ ކޮންތާކުތޯވެސް.... .ދިރިތިބީންނަވާ ބޮޑު އިބުރަތަކައްފުދޭނެ. .ސްކޫލްކުދިންނައްވެސް މިހާދިސާ ކިޔާދޭންޖެހޭ. ދެއަތްފުޅާކޮއްފައި ބޮނޑާހާކަމުން ދިޔަ ދިވެހި ވެރިއެއްގެނިމުން..