ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 17:46
ބުރުކީނާފަސޯގެ މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ
ބުރުކީނާފަސޯގެ މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ
އަލްޖަޒީރާ
ބުުރުކީނަފާސޯ
ބުރުކީނާފަސޯގެ މިސްކިތަކަށް ހަމާލާދީ 16 މީހަކު މަރާލައިފި
 
500،000 މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައި
 
ހަމަލާދިނީ ކާކު ކަމެއް އެނގިފައެއް ނުވޭ
 
13 މީހަކު ވަނީ މަރުވެފައި

ބުރުކީނާފަސޯގެ މިސްކިތެއްގައި ނަމާދުކުރަމުން ދަނިކޮށް، ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 16 މީހަކު މަރާލައިފިއެވެ.

ހަމާލާ ދީފައިވަނީ، މާލީ ބޯޑަރު ކައިރި އޮންނަ އޮއުޑަލަން ސަރަހައްދުގެ ދެކުނުގެ އަވަށެއް ކަމަށްވާ ސަލްމޮސީގެ ބޮޑު މިސްކިތުގައި ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

އެއޭފްޕީ އަށް މައުލޫމާދު ދިން މީހަކު ބުނެފައިވަނީ، ހަމަލާ ގައި 13 މީހަކު މަރުވެފައިވާ ކަމަށާއި، ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޯށް، އިތުރު ތިން މީހަކު މަރުވެފައިވާ ކަމަށެވެ. އިތުރު ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އޭނާ ބުނެފައިވެއެވެ.

ހަމަލާދިން ބަޔަކު މިހާތަނަށް އެނގިފައިނުވާއިރު، ހަތިޔާރު އެޅި ޖަމާއަތްތައް ކަމަށްވާ އަލްގައިދަ އާއި އައިއެސް އިން ބުރުކީނާފަސޯ ގައި ހިންގަމުންދާ ޖަރީމަތައް ވަނީ ފާއިތުވި އަހަރުތަކުގައި އިތުރުވެފައެވެ.

ހަމަލާދިން މިސްކިތް ކައިރީ ސިފައިން ފޯރިމަރަނީ

އަވަށްޓެރި މާލީ ހުރަސްކޮށް ބުރުކީނަފާސޯ އަށް އެތެރެވާ ޖަމާއަތްތަކުން ވަނީ، އެ ގައުމުގައި ނަސްލީ އަދި ދީނީ މައްސަލަ ތަކުގެ ހުޅުރޯކޮށްފައެވެ. ވަކިން ހާއްސަކޮށް ދެކުނުގެ ޝަހަރުތަކުގައި އެކަންތައް ވަނީ އިތުރުވެފައެވެ.

ހަށި ގޮއްވާލައިގެންނާއި، ހަނގުރާމައިގެ އެކި އުކުޅުތައް ބޭނުންކޮށްގެން ދެމުންދާ ހަމަލާތަކުގައި 600 ވަރަަކަށް މީހަކު މަރެވެފައިވާ ކަމަށް އޭއެފްޕީން ވަނީ ބުނެފައެވެ. ސިވިލް ސޮސައިޓީ ގްރޫޕްތަކުން އަންދާޒާ ކޮށްފައިވާ ގޮތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެމުންދާ ހަމަލާގައި 1000 އަށް ވުރެ ގިނަ މީހަކު މަރުވެއެވެ.

އދ.ގެ ރެފިއުޖީގެ އެޖެންސީ ތަފާސް ހިސާބު ދައްކާ ގޮތުން ހަމަނުޖެހުން ތަކުގެ ސަބަބުން 500،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ. އދ. އިން ވަނީ އިންސާނީ ނުރައްކާތެރި ކަމުގެ ސަބަބުން 1.5 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަން ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
50%
50%
0%
0%
ކޮމެންޓް