ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ދުނިޔެ - ސައުދި އަރަބިޔާ

ތެހްރާނުން މަސައްކަތް ކުރަނީ ދުނިޔެ ދެބައި ކުރަން: ސައުދީ

  • ސައުދީގެ ތަހުގީގުތައް މިހާތަނަށް ދައްކާގޮތުން ހަމަލާތައް ދިނީ އިރާނުން
  • ސައުދީން ދަނީ ސައުދީއަށް ބާރުދޭ ގައުމުތަކާ އެކު އެކަށީގެންވަ ފިޔަވަޅެއް އެޅުމުގެ މަޝްވަރާތައް ކުރަމުން

ފާތިމަތު އުދުމާ
udhooooo

ކ. މާލެ 22 ސެޕްޓެންބަރ 2019 | އާދީއްތަ 09:57 3,603

ސައުދި އަރަބިޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރސް އަދަލް އަލް ޖުބައިރު - އެރަބް ނިއުސް

ތެހްރާނުން މަސައްކަތް ކުރަނީ ދުނިޔެ ދެބައި ކޮށްލުމަށް ކަމަށް ސައުދީ އަރަބިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަދަލް އަލް ޖުބައިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލް ޖުބައިރު ވިދާޅުވީ، ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާ ތަކަކީ، މުޅި އިންސާނީ ނަސްލަށް ދިން ހަމަލާތަކެއް ކަމަށާއި އިރާނުން މަސައްކަތް ކުރަނީ ދުނިޔެ ދެބައި ކުރުމަށް ކަމުގައެވެ. މިނިސްޓަރ ވިދާޅުވީ، ހަމަލާތައް ދީފައިވަނީ އިރާނުގެ ހަތިޔާރުތަކެއް ބޭނުން ކޮށްގެން ކަމަށާއި މި ސަބަބަށް އެކަނިވެސް އިރާނުން ހަމަލާގެ ޒިންމާ ނަގަން ޖެހޭނެ ކަމުގައެވެ.

ހަމަލާތައް ދީފައި ވަނީ ޔަމަނުން ނޫންކަމަށް ޔަގީން ވާކަމަށް ވެސް މިނިސްޓަރ އަލް ޖުބައިރު ވިދާޅުވިއެވެ.

ސައުދީގެ ވެރިރަށުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލް ޖުބައިރު ވިދާޅޫވީ، އަަރަމްކޯގެ ތެޔޮ އުފައްދާ ދެ މަރުކަޒަކަށް ދިން ހަމަލާ ތަކަކީ "ގްލޯބަލް އެނަރޖީ ސެކިއުރިޓީ" އަށް ދިން ހަމަލާއެއް ކަމަށާއި ތަހުގީގު ނިމި ހަމަލާތައް ދިނީ އިރާނުން ކަން ކަށަވަރު ވެއްޖެނަމަ އިރާނާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގައެވެ.

ތެޔޮ މަރުކަޒުތަކަށް ދެވުނު ހަމަލާތަކުގެ ރައްދުގައި ސައުދީން އަދި އެއްވެސް ހަމަލާއެއް ނުދެއެވެ. އެހެން ނަމަވެސް ސައުދީން ވަނީ ހަމަލާތަކަށް ފަހު ގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައެވެ.

މި ހަމަލާތަކުގެ ޒިންމާ ޔަމަނުގެ ހޫތީ ޖަމާއަތުން ނެގި ނަމަވެސް ސައުދީން ވަނީ އެކަން ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ. ތެހްރާނުން ވަނީ މި ހަމަލާތަކަކީ އެމީހުން ދިން ހަމަލާތަކެއް ނޫން ކަމުގައި ބުނެފައެވެ.

80 އަށް ވުރެ ގިނަ ގައުމުން މި ހަމަލާތައް ކުއްވެރިކޮށްފައި ވާކަމަށް މިނިސްޓަރ އަލް ޖުބައިރު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް