އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ވިޔަފާރި - އެޑްވާންސްޑް ޑިޖިޓަލް މާރކެޓިންގ ވާރކްޝޮޕް

މަޓީގެ ފަރާތުން އެޑްވާންސްޑް ޑިޖިޓަލް މާރކެޓިންގ ވާރކްޝޮޕެއް ބާއްވައިފި

  • ވާރކްޝޮޕްގައި 70 ފަރާތަކުން ބައިވެރިވި
  • ވާރކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ އެއް ދުވަހުގެ މުއްދަތަށް

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 4 ސެޕްޓެންބަރ 2019 | ބުދަ 08:41 1,744

އެޑްވާންސްޑް ޑިޖިޓަލް މާރކެޓިންގ ވާރކްޝޮޕްގެ ތެރެއިން - މަޓީ

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެޑްވާންސްޑް ޑިޖިޓަލް މާރކެޓިންގ ވާރކްޝޮޕެއް ބާއްވައިފިއެވެ.

މި ވާރކްޝޮޕް މަޓީގެ ފަރާތުން 1 ސެޕްޓެމްބަރުގައި ބާއްވާފައިވަނީ ދިރާގާއި ހެޕީ މާރކިޓާ ގުޅިގެން ޗަންޕާ ސެންޓްރަލް ހޮޓެލްގައެވެ.

ވާރކްޝޮޕްގެ މެދުވެރިކޮށް މޮޑަން ޑިޖިޓަލް މާރކެޓިންގ ސްޓްރެޓަޖީތަކުގެ މައުލޫމާތާއި ކުރިއަރަމުން އަންނަ ތަފާތު މާކެޓިންގ ޓްރެންޑްސް އަދި ގޫގުލް އެނަލަޓިކްސްގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.

މި ވާރކްޝޮޕްގައި އެކި ރިސޯޓުތަކާއި ޓްރެވަލް އެޖެންސީތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 70 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މަޓީގެ ފަރާތުން ބުނީ ކުރިއަތް އޮތް ތާނގައި ވެސް މިފަދަ އެކި ސްކިލްތަކުގެ ވާރކްޝޮޕްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް