ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 18:58
ގިނަ އަދަދެއްގެ ގެތަކުގެ ފުރާޅު ހަދާފާ ހުރީ ޕްލާސްޓިކުން ކަމުން އަލިފާންގަނޑު އަވަހަށް ފެތުރިގެން ދާން ފަސޭހަވިއެވެ
ގިނަ އަދަދެއްގެ ގެތަކުގެ ފުރާޅު ހަދާފާ ހުރީ ޕްލާސްޓިކުން ކަމުން އަލިފާންގަނޑު އަވަހަށް ފެތުރިގެން ދާން ފަސޭހަވިއެވެ
ބީބީސީ
ބަންގްލަދޭށް
ޑާކާގެ ސްލަމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތައް ހާސް މީހުންގެ ގެދޮރު ގެއްލިއްޖެ
 
މި ހާދިސާގައި ޓިނުން ހަދާފާވާ 1،200 އެއްހާ ގެގަނޑު ވަނީ ހަލާކުވެފަ
 
މި ހާދިސާގައި އެއް ވެސް މީހަކު މަރުވެފައެއް ނުވޭ
 
ހާދިސާ ހިނގާފާ ވަނީ ހުކުރު ދުވަހުގެ ރޭ

ބަންގްލަދޭޝްގެ ޑާކާގެ ސްލަމް އެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތައް ހާސް މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ޗަލަންތިކާ ސްލަމްގައި ހިނގި މި ހާދިސާގައި ޓިނުން ހަދާފާވާ 1،200 އެއްހާ ގެގަނޑު ހަލާކުވެފއިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ގިނަ އަދަދެއްގެ ގެތަކުގެ ފުރާޅު ހަދާފާ ހުރީ ޕްލާސްޓިކުން ކަމުން އަލިފާންގަނޑު އަވަހަށް ފެތުރިގެން ދާން ފަސޭހަވިއެވެ.

ކުޑަ މުސާރައަކަށް މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އެ ސްލަމް ގައި ހިނގި މިހާދިސާގައި އެތައް ބަޔަކަށް ވަނީ ގިނަ އަދަދެއްގެ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މި ހާދިސާގައި ގެދޮރު ގެއްލިގެން ދިޔަ މީހުންގެ އަދަދު ބަންގްލަދޭށްގެ ބައެއް ނޫސް ތަކުން 3000 ގާތް ކުރާ އިރު އަނެއްބައި ނޫސް ތަކުން ދަނީ މި އަދަދު 10،000 އަށް ނުވަތަ 50،000 އާ ވެސް ގާތް ކުރާކަމަށް ބުނެފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ދިހަ ހާހެއްހާ މީހުން މިހާރުވެސް އެ ގައުމުގެ ސުލޫލް ތަކަށް ބަދަލު ކުރވިފައިވާކަމަށް ބަންގްލަދޭޝްގެ ފަޔަރ އޮފިޝަލަކުވަނީ ވިދާޅުވެފައެވެ.

ކަމާއިބެހޭ ފަރާތްތަކުން ދަނީ މިހާރު މި ހާދިސާ ތަހުގީގު ކުރަމުންނެވެ. އަލިފާންގަނޑު ފެތުރެން ދިމާވި ވަކި ސަބަބެއް އަދި ނޭގެއެވެ. އަލިފާންގަނޑު ނިންވާލެވުނީ ހަ ގަޑި އިރުންނެވެ.

ފެބްރުއަރީ މަހު ޑާކާގައި ހުންނަ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 80 މީހުން ވަނީ މަރުވެފައެވެ. އެ ހާދިސާގައި ގިނަ ބަޔަކު މަރުވެފައި ވަނީ އަލިފާންގަނޑު ކޮންޓްރޯލް ނުވެގެން މުޅި އިމާރާތައް އަލިފާންގަނޑު ފެތުރި، ގިނަ ބަޔަކު ތާށިވެފައި ވުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް
18 އޯގަސްޓް 2019 | އާދީއްތަ 22:50
ގެދޮރު ގެއްލިއްޖެ
ސުލަމްގަ ނުހުންނާނެ ގެދޮރެއް ހޭބަލިނުވޭ!