ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 13:12
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު
ރާއްޖެއެމްވީ
ކެންސަރު ހޮސްޕިޓަލް
ކެންސަރު ހޮސްޕިޓަލް ހުއްޓުވާފައި ދައްކަވަނީ އިންޓަނޭޝަނަލް މެންޓަލް ހެލްތު ހޮސްޕިޓަލެއް ގަމުގައި ޤާއިމުކުރައްވާނެކަމުގެ ދަޅަ: ސާލިހު
 
މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ ރަށްރަށުގައި ދެވޭ ޚިދުމަތްތައް ހަރުދަނާ ކޮށްގެން
 
މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަ

ގަމުގައި އިންޓަނޭޝަނަލް މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމު ކުރައްވާނެކަމުގެ ދަޅަ ދައްކަވާއިރު، ބަޖެޓު ހަމަޖެހިފައި އޮތް ކެންސަރު ހޮސްޕިޓަލް ހުއްޓުވާފައިވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ލ ގަމުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ނުފޫޒާއި ބާރު އިންތިހާއަށް ބޭނުންކުރަމުންދާއިރު، ވަޒީފާގެ ބިރުވެރިކަން ވެސް ދައްކަމުންދާކަން ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތު ބައްޓަންވެފައި އޮންނަނީ ސީދާ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިނިވަންކަމާއެކު ބަސް ބުނުމުގެ ފުރުސަތުވެސް އެމްޑީޕީން ފަހިކޮށްދީފައިވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް އެމްޑީޕީގެ ތަސައްވުރެއް އޮންނަކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވިދާޅުވީ، މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ ރަށްރަށުގައި ދެވޭ ޚިދުމަތްތައް ހަރުދަނާ ކޮށްގެން ކަމަށެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލް މަޝްރޫއު މިއަދުގެ ސަރުކާރުން ހުއްޓުވާލައި، އިންޓަނޭޝަނަލް މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކޮށްދެއްވާނެކަމުގެ ދަޅަ ދައްކަވާފައިވާކަމަށެވެ.

އެހެންނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ކޮބައިތޯ ސުވާލު އުފައްދަވައި ރައީސް ސާލިހު ވަނީ މިހާރު ބަޖެޓު ހަމަޖެހިފައި އޮތް މަޝްރޫއުތައް ކުރިއަށް ނުގެންދަވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ރައީސް ޑރ މުއިއްޒު އެންމެ ފުރަތަމަ އިއުލާނު ކުރެއްވި ކަމަކީ ގަމުގައި އަޅަން އޮތް ކެންސަރު ހޮސްޕިޓަލް ނާޅާނެކަމަށް އިއުލާނު ކުރެއްވުން، މިއީ ބަޖެޓު ހަމަޖެހި ޕްލޭން ކުރެވި، ރާވައި ފެށުމާއި ހިސާބުގައި އޮތް ކަމެއް، މިތަނުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމުގެ ދަޅައެއް ދެއްކެވީ، ކޮބައިތޯ ފައިސާ؟
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު

ރައީސް ސާލިހު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކާއި އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ނުހަނު ތަފާތު ކަމަށެވެ. އެގޮތުން މާލެ ވަށައިގެން ތަރައްޤީ ކޮށްލައިގެން ތިބުމަކީ ފަސޭހަ ކަމެއް ކަމަށާއި، ނަމަވެސް އެއީ މުޅި ރާއްޖެ ތަރައްޤީ ކުރެވޭނެ ގޮތެއް ނޫންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުށިދިއްގަރުފަޅު ހިއްކުމަށް 1 ބިލިއަން ޑޮލަރު ހޭދަވާކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އޭގެ ބަދަލުގައި މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ތެރެއިން ކިތަންމެ މަޝްރޫއެއް ހިންގެން އެބައޮތް ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވާ ގޮތުގައި މި ސަރުކާރުގައި މަޝްރޫއުތައް ތަރުތީބު ކުރެއްވުމުގައި މައްސަލަ އެބަހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް