ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 09:03
ބޮލީވުޑް އެކްޓަރަސް ކާޖޮލް
ބޮލީވުޑް އެކްޓަރަސް ކާޖޮލް
ގޫގުލް
ކާޖޮލް
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
 
ކާޖޮލް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ "ބޭހުދީ" ނަމަކަށް ކިޔާ ފިލްމަކުން 1992 ވަނަ އަހަރު

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެއެވެ.

ކާޖޮލް ހޯމަދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިއަދާ ހަމައަށް އޭނައަށް ސަޕޯޓުދީފައިވާ އަދި އޭނާ ދެކެ އިންތިހާއަށް ލޯބިވާ ފޭނުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. މި ޓްވީޓްގައި އޭނާ ވަނީ އޭނާގެ މައިންބަފައިންނާ އެއްކޮށް ނަގާފައިވާ ކުރީގެ ފޮޓޯއެއް ޝެއަރ ކޮށްފައެވެ.

ކާޖޮލްގެ މަންމަ ތަނޫޖާއަކީ 50 ގެ އަހަރުތަކުގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. އަދި ކާޖޮލްގެ ބައްޕައަކީ ލިޔުންތެރިއެއް، ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެކެވެ.

އުމުރުން 42 އަހަރު ފުރިފައިވާ ކާޖޮލް އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ "ބޭހުދީ" ނަމަކަށް ކިޔާ ފިލްމަކުން 1992 ވަނަ އަހަރުގައެވެ.

ކާޖޮލްގެ އިތުރުން ބޮލީވުޑް ފިލްމީ ދާއިރާގައި ޝާހުރުކް ޙާން ވެސް މަސައްކަތްކުރަމުން އަންނަތާ ވަނީ ޖޫން 25 ވަނަ ދުވަހު 25 އަހަރު ފުރިފައެވެ.

ބޮލީވުޑްގެ އެންމެ ގުޅޭ އެއް ޖޯޑުކަމަށްވާ ކާޖޮލްއާއި ޝާހުރުކް ޙާން ވަނީ މަޝްހޫރު ފިލްތަކެއް ކަމަށްވާ "ބާޒީގަރް"، "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭންގޭ"، "ދިލްވާލޭ" އަދި "ކުޗް ކުޗް ހޯތާހޭ" ފަދަ ފިލްމުތަކުގައި އެއްކޮށް ހަރަކާތްތެރިވެފައެވެ.

ކާޖޮލް ކައިވެނިކޮށްގެން ވެސް އުޅެނީ އިންޑިއާގެ މަޝްހޫރު ބޮލީވުޑް ފަންނާނެއް ކަމަށްވާ އަޖޭ ދޭވްގަންއާ އެވެ. އަޖޭވަނީ 100 އަށް ވުރެ ގިނަ ހިންދީ ފިލްތަކުގައި ހަރަކާތްތެރިވެފައެވެ.

ކާޖޮލްއާއި އަޖޭގެ 18 އަހަރުވީ ކައިވެއިންޏަށް ވަނީ އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ލިބިފައެވެ. އަންހެން ދަރިފުޅު ނީސާއަށް 14 އަހަރު ފުރިފައިވާއިރު ފިރިހެން ދަރިފުޅު ޔުގްއަށް މިއަހަރު ސެޕްޓެމްބަރ މަހު 7 އަހަރު ފުރޭނެއެވެ.

 

  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
100%
0%
0%
0%
0%
0%
ކޮމެންޓް
3 އޯގަސްޓް 2017 | ބުރާސްފަތި 09:21
ސަލްމަަން
ތިދެމަފިރިންނައްއުފަަވެރިހަޔަަތަަކައްއެދެން