ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 10:00
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ސްޕެނިޝް ލީގު
ގެޓާފޭ ކައިރިން ބާސެލޯނާ އަށް ހަތަރު ލަނޑުގެ މޮޅެއް
 
މޮޅާއެކު ބާސެލޯނާ ވަނީ ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފައި

ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ. އެ ލަނޑު އޭނާ ޖެހީ، ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި، ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ޔާއޯ ފެލިކްސް އެވެ. އޭގެ ފަހުން 61 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ފްރެންކީ ޑި ޔޯން އެވެ. ޑި ޔޯން އެ ލަނޑު ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ބާސެލޯނާގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޖެހީ ފާމިން ލޮޕޭޒް އެވެ.

މޮޅާއެކު ބާސެލޯނާ ވަނީ ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 26 މެޗުން 57 ޕޮއިންޓާއެކު އެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ޖިރޯނާ ތިން ވަނައިގައި އޮތީ 56 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 62 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް