ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 04:46
ބާސެލޯނާގެ ކުޅުންތެރިން ޗެލްސީ ބަލިކޮށް އުފާ ފާޅުކުރަނީ
ބާސެލޯނާގެ ކުޅުންތެރިން ޗެލްސީ ބަލިކޮށް އުފާ ފާޅުކުރަނީ
ޑެއިލީ މެއިލް
އަންހެން ޗެމްޕިއަންސް ލީގް
އަންހެނުންގެ ފައިނަލަށް ބާސެލޯނާ
ޗެލްސީގެ ދަނޑުގައި ބާސެލޯނާ މޮޅުވީ 2-0އިން

ޗެލްސީ 2-0އިން ބަލިކޮށް އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ދަތުރުކޮށްފި އެވެ.

ޗެލްސީގެ ދަނޑުގައި 39000 މީހުންގެ ކުރިމަތީގައި މެޗު ފެށީ 1-0އިން ޗެލްސީ ކުރީގައި އޮވެގެންނެވެ. އެއީ މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމު ކާމިޔާބުކޮށްފައިވާތީ އެވެ. ނަމަވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އައިޓާނާ ބޮންމާޓީއަށް ލިބުނު ޕެނަލްޓީއަކުން ފްރިޑޮލީނާ ރޮލްފޯ ޖެހި ގޯލުން ބާސެލޯނާ ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި މެޗުގެ ފަހު ހާފުގެ ބޮޑުބައި ޗެލްސީ ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ރަތްކާޑެއް ދެއްކުމުންނެވެ.

މުބާރާތުގެ ފައިނަލުގައި ބާސެލޯނާއާ ވާދަކުރާނީ ފްރާންސްގެ ލިއޯން ނުވަތަ ޕީއެސްޖީ އެވެ.

މި މެޗުން މޮޅުވުމުން ބާސެލޯނާގެ ކޯޗު ޖޮނަތަން ޖިރާލްޑޭޒް ބުނީ ތިން އަހަރުން ދެ ފައިނަލަށް ދިއުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

އައިޓާނާ ބޮންމާޓީ ގޯލް ޖަހާފައި ދުވަނީ - ޑެއިލީ މެއިލް
އަހަރުމެން މި މެޗުން މޮޅުވުން ހައްގު. ބޯޅައާއެކު އަހަރުމެން މާމޮޅަށް ކުޅުނިން. ފުރަތަމަ މެޗުގައި އެމީހުންގެ ލައިންއަޕާމެދު ނުވިސްނުނީ. ހިއެއް ނުކުރަން އެމީހުން އެހާ މޮޅަށް ކުޅެފާނެ ކަމަށް. އެކަމަކު މި މެޗަށް ނުކުތީ އެކަން ބަދަލުކުރަން. ތިން އަހަރުން ދެ ފައިނަލަށް ދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް
ޖޮނަތަން ޖިރާލްޑޭޒް / ބާސެލޯނާގެ ކޯޗު

އޭނާ ބުނީ މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާދޭން ވިސްނި ކަމަށާއި އެއިރު ގިނަ ބަޔަކު އެއީ ގޯސް ހިޔާލެއް ކަމުގައި ބުނީ ކީއްވެކަން މިހާރު ވިސްނިއްޖެ ކަމަށެވެ. އެއީ ޓީމާ އޮތް ގުުޅުން ކުރިއަށްވުރެ ބަދަހިވެ، ނަތީޖާ ރަނގަޅުވާތީ ކަމަށެވެ.

ބާސެލޯނާގެ ގޯލް ޖަހައިދިން ރޮލްފޯ ބުނީ ޗެލްސީއަށްވުރެ މޮޅަށް ކުޅުނީ ބާސެލޯނާ ކަމަށާއި ނަތީޖާ ނެރެން އޭނާގެ ޓީމަށް އެނގޭ ކަމަށެވެ.

މިފަދަ ސިޓުއޭޝަންތައް އަހަރުމެންނަށް ކުރިން ވެސް ދިމާވި. މިދިޔަ އަހަރުގެ ފައިނަލުގައި އަހަރުމެން ތިން ގޯލު ޖަހަން ޖެހުނު މޮޅުވާން. އަހަރުމެންނަށް އެނގޭ އެއީ މެޗެއްގެ ނަތީޖާ ބަދަލުކޮށްލުންކަން. މިހެންވެ އަހަރުމެންނަށް މެޗެއް ކާމިޔާބުކުރުން އެއީ މާބޮޑު ކަމެއްނޫން
ރޮލްފޯ / ބާސެލޯނާގެ ކުޅުންތެރިޔާ

މިއީ ބާސެލޯނާ މި މުބާރާތުގެ ފައިނަލް ކުޅޭ ހަތަރު ވަނަ ފަހަރެވެ. ޗެލްސީ މީގެ ކުރިން އެއް ފައިނަލް ކުޅެ ތައްޓެއް ލިބިފައިނުވެ އެވެ. މި ސީޒަނަށް ފަހު ޗެލްސީގެ ކޯޗު އެމާ ހަޔޭސް 12 އަހަރަށް ފަހު ޓީމާ ވަކިވެ އެމެރިކާގެ ގައުމީ ޓީމާ ހަވާލުވާނެ އެވެ.

- ކޮމެންޓް