ކ. މާލެ
|
5 މެއި 2024 | އާދީއްތަ 13:30
ވިޓާ ރޯކް (ކ) އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލަނީ
ވިޓާ ރޯކް (ކ) އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލަނީ
ގޫގުލް
ބާސެލޯނާ
ޖިރޯނާ އަތުން ބަލިވުން، އެއީ ބާސެލޯނާގެ މުޅި ސީޒަނުގެ މަންޒަރު
 
ޖިރޯނާ ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައި

ޖިރޯނާ އަތުން ރޭ ބަލިވެ، ސްޕެނިޝް ލީގުގެ ތާވަލުގެ ތިން ވަނަ އަށް ބާސެލޯނާ ވެއްޓުނު މެޗުން މުޅި ސީޒަނުގައި ޓީމުގެ ހާލަތު އޮތް ދައްކުވައިދޭ ކަމަށް ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.

މި މެޗުން ބަލިވުމުން ޖިރޯނާ އަށް ދެ ވަނަ ލިބެނީ 34 މެޗުން 74 ޕޮއިންޓާއެކުގަ އެވެ. މިއީ ރޭ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑަށްވުރެ 13 ޕޮއިންޓް މަދު އަދަދެކެވެ. ބާސެލޯނާ ތިން ވަނާގައިވަނީ 73 ޕޮއިންޓާއެކުގަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ ހަތަރު މެޗެވެ. މި މޮޅާއެކު ޖިރޯނާ އަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުވެފަ އެވެ. ޖިރޯނާ އަކީ މި ސީޒަނުގެ ކުރީކޮޅު ލީގު ދެބައިވުމާ ގާތަށް ޓޭބަލުގެ އެއްވަނާގައި އޮތް ޓީމެވެ.

ނަމަވެސް އެ ޓީމު އަތުން ބަލިވުމުން ޒަވީ ބުނީ އެއީ ބާސެލޯނާގެ ހާލަތު ދައްކުވައިދޭ ކަމެއް ކަމަށާއި އަންނަ ސީޒަނުގައި ޓީމު ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

ފުރަތަމަ ކަމަކީ މި ގޮތަށް މެޗުތަކެއް ގެއްލިގެން ގޮސްގެންނުވާނެ. އެކަން ރަނގަޅު ކުރުމަށްޓަކައި ޓީމަށް ވަރަށް ބޮޑަށް ބަދަލު ގެންނަންޖެހޭ. މި މެޗުން ފެނުނީ މި ސީޒަނުގައި އަހަރުމެންގެ ހާލަތު. އެއް ފެންވަރެއްގައި ނުކުޅެވުމާއި، ނަތީޖާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެން ނުދިޔަތަން. މިކަންކަން ބަދަލުކުރަންޖެހޭ
ޒަވީ

އޭނާ އަދި ބުނީ ބާސެލޯނާގެ ފަރާތުން މޮޅުވާން ބޭނުންވެގެން މަސައްކަތް ކުރާ ބައެއްގެ ފުށުން ފެންނަންޖެހޭ ކަންކަން ބައެއް ފަހަރު ފެނިގެންނުދާ ކަމަށާއި މި ސީޒަން ހުސްއަތާ ނިންމާލަން ޖެހުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ނަމަވެސް ކޮންމެ ދެރައަކުން އިބުރަތް ހާސިލްކޮށް ކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށާއި އެފުރުސަތު ބާސެލޯނާ އަށް ވެސް އެބައޮތް ކަމަށެވެ.

ޒަވީ ވަނީ އަންނަ ސީޒަނުގައި ކޯޗުކަމުގައި ހުންނަން އެއްބަސްވެ، ޓީމަށް ކޮންމެހެން ހޯދަންޖެހޭ ކުޅުންތެރިންގެ ލިސްޓެއް މެނޭޖްމަންޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑިފެންސިވް މިޑްފީލްޑަރަކާއި ފޯވަޑަކާއި އެޓޭކިން މިޑްފީލްޑަރުންނެވެ. މީގެ އިތުރުން ޖިރޯނާ އަށް ކުޅޭ ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ ގެނައުމަށް ވެސް ވަނީ ނިންމަައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް