ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 11:41
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް
އެމްޑީޕީ
ޕީޖީއަށް ޙަމަލާ ދިނުން
ޕީޖީއަށް ޙަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޞާލިޙު މިއަދުގެ ސަރުކާރަށް ގޮވާލައްވައިފި
 
ސާލިޙު ވަނީ ޕީޖީއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި
 
ޝަމީމަށް މަގުމަތިން ހަމަލާދީފައިވަނީ ބުދަ ދުވަހު

ޕްރޮސެކިއުޓަށް ޖެނެރަލް ހުސައިން ޝަމީމަށް ޙަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު މިއަދުގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޕްރޮސެކިއުޓަށް ޖެނެރަލް ހުސައިން ޝަމީމަށް މަގުމަތިން ހަމަލާދީފައިވަނީ ބުދަ ދުވަހުއެވެ.

ބުދަ ދުވަހު ސާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް އަމާޒުކޮށް ދިން ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ.

ސާލިޙު ވަނީ ޕީޖީއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ސާލިޙު ވިދާޅުވީ، ސިޔާސީ މަޤްސަދުގައި މިގޮތަށް މީހުންނަށް އަނިޔާވެރިވުމަކީ ޑިމޮކްރަޓިކް މުޖުތަމައެއްގައި ޖާގަދެވިގެންވާނެ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން، މި ޙަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ސާލިޙު ވަނީ މިއަދުގެ ސަރުކާރަށް ގޮވާލައްވާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް