ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 19:39
އަލް އިއްތިފާގުގެ ކޯޗު، ސްޓީވެން ޖެރާޑް
އަލް އިއްތިފާގުގެ ކޯޗު، ސްޓީވެން ޖެރާޑް
ރޮއިޓާސް
ސައޫދީ ޕްރޯ ލީގު
ނަތީޖާތައް ރަނގަޅެއް ނޫން، އެކަމަކު ޖެރާޑަށް އާ އެއްބަސްވުމެއް!
 
2027 ވަނަ އަހަރުގެ ނިޔަލަށް ޖެރާޑް ކްލަބުގައި ދެމިހުންނާނެ

ނަތީޖާތައް ރަނގަޅު ނޫނަސް, ކޯޗު ސްޓީވަން ޖެރާޑަށް އާ އެއްބަސްވުމެއް ދޭން ސައުދީ ޕްރޯ ލީގުގެ އަލް-އިއްތިފާގުން ނިންމައިފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން، އަލް-އިއްތިފާގުން ހުށަހެޅި ދެ އަހަރުގެ އެއްބަސްވުމަށް ޖެރާޑް ވަނީ އެއްބަސްވެފައެވެ. އާ އެއްބަސްވުމާއެކު، 2027 ވަަނަ އަހަރުގެ ނިޔަލަށް ޖެރާޑް އަލް-އިއްތިފާގުގައި ދެމި ހުންނާނެއެވެ. ޖެރާޑަށް އާ އެއްބަސްވުމެއް ހުށަހަޅައި, އެއްބަސްވުމުގެ ކަންތައް އަވަހަށް ނިންމަނީ ޕްރިމިއަރ ލީގުން ގެނައި މިޑްފީލްޑަރ ހެންޑަރސަން ކްލަބް ދޫކޮށް, އަޔެކްސްއަށް ބަދަލުވެފައި ވަނިކޮށެވެ. ހެންޑަރސަނަށް ސައޫދީ ލީގުގައި ހިފަހައްޓާނުލެވި, އެ ލީގުގައި ދެމިހުރުމުގެ ޝައުގުވެރިކަން ކުޑަވެ، އެނބުރި ޔޫރަޕަށް ބަދަލުވީއެވެ.

ޖެރާޑަކީ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ އެއް ފުޓްބޯޅަ ކޯޗެވެ. އިނގިރޭސި ކުރީގެ މިޑްފީލްޑަރު ކޯޗިންގ ކެރިއަރު ފެށީ ސްކޮޓްލޭންޑްގެ ރޭންޖަރސްއިންނެވެ. އޭގެފަހުން ޕްރިމިއަރ ލީގުގައި އެސްޓަން ވިލާގައި މަސައްކަތްކުރިއެވެ. އެކަމަކު ލިވަޕޫލްގެ ކުރީގެ ކެޕްޓަނާއެކު އެސްޓަން ވިލާގެ ނަތީޖާތައްވެސް ދަށްވުމުން މަގާމުން ވަކިކުރީއެވެ.

އަލް-އިއްތިފާގާ މިދިޔަ އަހަރު ޖުލައި މަހު ހަވާލުވެ, ސީޒަން ނިންމާލީ 7 ވަނާގައެވެ. ޗެމްޕިއަން އަލް-އިއްތިހާދާ ދެމެދު 35 ޕޮއިންޓްގެ ފަރަގެއް އޮތެވެ. މި ސީޒަނުގައި މިވަގުތު އޮތީ 8 ވަނާގައެވެ. ލީގުގައި ކުޅުނު 19 މެޗުގެ ތެރޭން މޮޅުވީ 6 މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް