ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 12:09
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ައަލް އަޚްދޫދު ބަލިކޮށް، އަލް ޙިލާލް ކުރިއަށް
 
މޮޅާއެކު އަލް ޙިލާލް އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކުން

ސައުދީ ޕްރޯ ލީގުގައި އަލް އަޚްދޫދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ޙިލާލުން ލީޑުގައި ކުރިއަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ޙިލާލުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ޙިލާލުން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އަލް ޙިލާލުން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ސަލީހް އަލް ޝެހްރީ އެވެ. ދެ ވަނަ ހާފުގައި މެލްކޮމް ވަނީ އަލް ޙިލާލްގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި އަލް ޙިލާލްގެ ތިން ވަނަ ލަނޑު، 73 ވަނަ މިނެޓުގައި ޖެހީ ސަލީމް އަލް ދައުސަރީ އެވެ.

މޮޅާއެކު އަލް ޙިލާލް އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 26 މެޗުން އެ ޓީމަށް ލިބެނީ 74 ޕޮއިންޓެވެ. މި ސީޒަންގެ ސައުދީ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އަލް ޙިލާލް ބަލިވެފައި ނުވާއިރު، މި ސީޒަންގެ ސައުދީ ލީގު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ވެސް އެ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް