ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 09:00
އަލް ޝަބާބް އަދި އަލް އިއްތިހާދު ކުޅުނު މެޗުގެ ތެރެއިން
އަލް ޝަބާބް އަދި އަލް އިއްތިހާދު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް ޝަބާބް އަތުން އަލް އިއްތިހާދު ބަލިވެއްޖެ
 
ބައްޔާއެކު އަލް އިއްތިހާދު އޮތީ ފަސް ވަނައިގައި

ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުން އަލް އިއްތިހާދު ބަލިވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން އަލް އިއްތިހާދުގެ މައްޗަށް އަލް ޝަބާބުން ކުރި ހޯދީ 3-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް ޝަބާބުންނެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހަބީބް ޑިއާލޯ އެވެ. އޭގެ ފަހުން 58 ވަނަ މިނެޓުގައި އަލް އިއްތިހާދަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޢަބްދުއް ރައްޒާޤު ޙަމަދުﷲ އެވެ. ދެ ވަނަ ފަހަރަށް އަލް ޝަބާބަށް މެޗުގައި ލީޑު ނަގައިދިނީ ކާލޯސް އެވެ. އަދި އަލް ޝަބާބްގެ ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޖެހީ މުސާބް ފަހްޒް އަލް ޖުވެއިރު އެވެ.

މެޗުން ލިބުނު މޮޅާއެކު އަލް ޝަބާބް އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 29 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. ބައްޔާއެކު އަލް އިއްތިހާދު އޮތީ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 29 މެޗުން 50 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން މޮޅުވެ ހަތަރު ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް