ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 18:19
ސްކޫލް ދަރިވަރުންތަކެއް
ސްކޫލް ދަރިވަރުންތަކެއް
ރައީސް އޮފީސް
ގައުމިއްޔަތު ދިރުވުން
ދިރާސީ އައު އަހަރު ފަށާއިރު، "ގައުމިއްޔަތު މާއްދާ" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެނީ
 
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަގުސަދުގައި މަސައްކަތްތަކެއް ކުރާކަމަށް ވިދާޅުވި
 
ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވި

ދިރާސީ އައު އަހަރު ފަށާއިރު، "ގައުމިއްޔަތު މާއްދާ" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ގައުމީ މަންހަޖުގައި ހިމެނުމާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުށަހަޅާފައިވާ މައްސަލައިގައި އަމަލުކުރާނެ ގޮތްތަކެއް ސަރުކާރުން ނިންމާފައި ވާކަމަށެވެ. އެގޮތުން ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ، އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށާއި، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަގުސަދުގައި މަސައްކަތްތަކެއް ކުރެވޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ކުރެވުނު މަސައްކަތްތަކާއެކު، ދިވެހި ގައުމިއްޔަތު ކިޔަވާދިނުމަށް ވަކި މާއްދާއެއް ތައުލީމުގެ މަންހަޖުގައި ހިމެނުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފައެވެ. އެ ނިންމުމާ އެއްގޮތަށް، ދިރާސީ އައު އަހަރު، ދިވެހި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަނީ ރައީސް އޮފީހާ މަޝްވަރާކޮށްގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް
7000ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
އިމްތިހާނު ބާއްވާ ތާރީޚަށް ބަދަލު ގެންނަންޖެހުނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ ހެދިކަމަށް މިނިސްޓަރ ވިދާޅުވި ވިދާޅުވުން އެޕާޓީން ކުށްވެރިކޮށްފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާވާތީ ސްކޫލްތަކުގެ ޓެސްޓް އަވަސްކޮށްފި