ކ. މާލެ
|
6 މެއި 2024 | ހޯމަ 08:32
އަމީނިއްޔާ ސްކޫލު ދަރިވަރުންތަކެއް- ފައިލް ފޮޓޯ
އަމީނިއްޔާ ސްކޫލު ދަރިވަރުންތަކެއް- ފައިލް ފޮޓޯ
މުހައްމަދު ޝަރުހާން
ސްކޫލުތަކަށް ވަނުމަށް ފޯމު ހުށަހެޅުން
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
 
ހުރިހާ ފޯމެއްގެ ޖަވާބު 13 މޭ 2024 ގެ ކުރިން ފޮނުވާނެ
 
މާލެ ސަރަހައްދުގެ އެއްސްކޫލުން އެނެއް ސްކޫލަށް ބަދަލުވުމަށް 660 ފޯމު ހުށަހަޅާފައިވޭ
 
ގްރޭޑް 1 ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމު ހުށަހަޅާފައިވޭ

އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އާދިއްތަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އައު އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމަށް ގިނަ އަދަދެއްގެ ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް1 އަށް 2290 ފޯމު ހުށަހަޅާފައިވާ ކަމަށާއި، ގްރޭޑް 1 ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި މާލެސަރަހައްދުގެ އެއްސްކޫލުން އެނެއް ސްކޫލަށް ބަދަލުވުމަށް 660 ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 7 މޭ 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ. މިދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު 13 މޭ 2024 ގެ ކުރިން ފޮނުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދިރާސީ އައު އަހަރަށް 700ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް ފޯމު ހުށަހަޅާއިރު، އަތޮޅުތެރޭގެ ރަށްތަކުން ރަނގަޅު ޚިދުމަތްތައް ނުލިބޭތީ ކޮންމެ ދިރާސީ އައު އަހަރަކާއި ދިމާކޮށް ގިނަ އާއިލާތަކުން މާލެސިޓީއަށް ދިރިއުޅުން ބަދަލުކުރެއެވެ.

ދިރާސީ އައު އަހަރު ފަށާނީ 26 މެއި 2024 ގައެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ 26 ސެޕްޓެމްބަރު 2024 ގައެވެ. އަދި 2024 ވަނަ އަހަރުގެ ދެވަނަ ޓާމް ފެށޭނީ އޮކްޓޯބަރު 6 ގައެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ 6 މާޗް 2025 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް