ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 11:32
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
އޯލެވެލް އިމްތިހާން ފެށުން
7000ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
 
މި އިމްތިހާން 13 ޖޫންއާ ހަމައަށް ކުރިއަށް ދާނެ
 
އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވޭ
 
މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވޭ

ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ފަށައިފިއެވެ.

އިމްތިހާން ފެށިއިރު، ބުރާސްފަތި ދުވަހު އޮތީ އިސްލާމް މާއްދާގެ އިމްތިހާނެއެވެ.

އިމްތިހާނާއި ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވާ ކަމަށެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި މި އިމްތިހާން 13 ޖޫންއާ ހަމައަށް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖުމްލަ 256 ސެންޓަރެއްގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ކުރިއަށްދާނެ ކަމަށެވެ.

2023 ވަނަ އަހަރު އޯލެވެލް އިމްތިހާންގައި ބައިވެރިވެފައިވަނީ 6،698 ދަރިވަރުންނެވެ. މި އަހަރުގެ އޯލެވެލް އިމްތިހާންގައި 7،501 ދަރިވަރުން ބައިވެރިވި އިރު، މިއީ 803 ދަރިވަރުންގެ އިތުރުވުމެކެވެ.

މިއަހަރު އިމްތިހާން ހަދާ ހުރިހާ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމިޔާބަށް އެދިފައެވެ. 10 އަހަރު ދުވަހުގެ މަސައްކަތަށްފަހު މިއީ އެންމެ ގިނަ ދަރިވަރުން ބައިވެރިވާ އިމްތިހާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް