ކ. މާލެ
|
29 ޑިސެންބަރ 2023 | ހުކުރު 13:17
އަޑުގެ އަހަރީ ދުވަހުގެ ހާއްސަ ޕްރޮގްރާމުގައި ރައީސްގެ ދެކަނބަލުން
އަޑުގެ އަހަރީ ދުވަހުގެ ހާއްސަ ޕްރޮގްރާމުގައި ރައީސްގެ ދެކަނބަލުން
ރައީސް އޮފީސް
އާރުޓީއެލް
ކުރީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އާރުޓީއެލްގެ ހިދުމަތް އެއްކޮށް ނިންމާލެވޭނެ - ރައީސް
 
ސަރުކާރު ބަދަލުވި އިރުވެސް ފެރީގެ ހިދުމަތް ބާކީ އަތޮޅުތަކަށް ދިނުމަށް ދިޔައީ ބޭނުންވާ ވަސީލަތްތައް ގާއިމްކުރަމުން
 
އާރުޓީއެލް ފެރީގެ މަސައްކަތް ކުރިއަށްދަނީ ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނިގެން ޕްލޭން ކުރެވިގެން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ (އާރިޓީއެލް) ހައި ސްޕީޑް ފެރީ ނެޓްވޯކް ނިންމާލެވޭ ސީދާ ތާރީހެއް ނޭނގުނު ނަމަވެސް، ކުރީ ސަރުކާރުގެ ޕްލޭނުގައިވާ ގޮތަށް އަންނަ އަހަރު މުޅި ރާއްޖެ އެއްކޮށް ގުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެހުންތެރިޔާ ސުވާލުކުރީ އއ އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށޭނީ ކިހާތާކުތޯ އަދި 2024 ވަނަ އަހަރު ނިމުމުގެ ކުރިން ނިމޭނެކަމަށް ކުރީ ސަރުކާރުން ބުނެފައިވާތީ މި ދައުރުގައި އެ މަސައްކަތް ނިންމާލެވޭނީ ކޮންއިރަކު ތޯއެވެ.

މިކަމާއި ގުޅިގެން ރައީސް ވިދާޅުވީ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ލައްވާފައި، އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި އެވާހަކަ ދެއްކެވި ކަމަށެވެ. އަދި އާރުޓީއެލް ވަރުގަދަކޮށް މިހާރަށްވުރެ ފުޅާކުރައްވާނެ ކަމަށާއި، އެހެންވީމަ ކުރިއަށް އޮތް ހިސާބަށްވުރެ ފުޅާކޮށް މިހާރު މަސައްކަތް ހިނގަމުން އަންނަ ކަމަށެވެ.

ސީދާ ތާރީހެއް ދަންނަވަން ނޭނގުނަސް ގިނަވެގެން އަހަރެއްހާ ދުވަސް ތެރޭގައި އެއްކޮށް މުޅި ރާއްޖެ ކަވަރުކުރަން. އިންވެސްޓްކުރަން ފުރުސަތުދީ މިހާރަށްވުރެ ރަނގަޅު އުޅަނދުތަކާއި، އަދި ގިނަ އުޅަނދު ހޯދާ މުވައްޒަފުން އިތުރަށް ނަގާ އެ ކަންކަން ކުރިއަށްދާނެ. އެއަރޕޯޓް ހެދިގެންދާ އިރު ސީ ޓްރާންސްޕޯޓްވެސް މުހިންމު. އެހެންވީމަ ގިނަވަގެން 1 އަހަރު ތެރޭގައި ނިމޭނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މިފަދައިން ވިދާޅުވެ، އާރުޓީއެލްގެ މަސައްކަތުގެ މެޑަލް ޖައްސަވަން މަސައްކަތް ކުރައްވަމުން ވަޑައިގަންނަވާ އިރު، އެމްޓީސީސީން ބުނެފައިވަނީ އާރުޓީއެލް އިން މުޅި ރާއްޖެ ގުޅާލުމަށް ކުރަމުން އަންނަ މަސައްކަތަށް ހުއްޓުމެއް ނައިސް ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ގޮތަށް މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން އާރުޓީއެލް ވަރުގަދަކުރައްވާނެކަމަށް ވިދާޅުވެފައިވާ އިރު، މި މަސައްކަތަކީ ޕްލޭނެއްގެ ދަށުން ފަސިންޖަރުންނާއި މުދާ ވަކިން އުފުލާގޮތަށް، ދިރާސާތަކެއް ކުރެވި ކުރެވެމުން އަންނަ މަސައްކަތެކެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބް އާއި ގުޅުވައިދޭނެ ޚިދުމަތެކެވެ.

މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާވެގެންދާއިރު، 800އެއްހާ ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ. މި މުވައްޒަފުންނަކީ އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ޚިދުމަތަށް ތަމްރީނު ވެފައިވާ، ގާބިލު ބަޔަކަށް ވެގެންދާނެއެވެ.

ކޮމެންޓް