ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 11:04
އަލް އިއްތިފާގުގެ ކޯޗު ސްޓީވެން ޖެރާޑް
އަލް އިއްތިފާގުގެ ކޯޗު ސްޓީވެން ޖެރާޑް
ރޮއިޓާސް
އަލް އިއްތިފާގު
މިހާރު އޮތް ޙާލަތަށްވުރެ ކުރިއަށް، އަލް އިއްތިފާގު ދާން ޖެހޭ: ޖެރާޑް
 
އޭނާ ބުނީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ވެސް އަދި ކުރިއަށް އޮތް ސީޒަނަށް ވެސް އެ ޓީމު ވަރުގަދަ ކުރަން ޖެހޭ ކަމަށް

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގު، މިހާރު އޮތް ޙާލަތަށް ވުރެ ކުރިއަށް ދާން ޖެހޭ ކަމަށް އެ ކުލަބުގެ ކޯޗު ސްޓީވެން ޖެރާޑް ބުނެފި އެވެ.

ޖެރާޑް މިހެން ބުނީ، ކުރިއަށް އޮތް ތަނުގައި އަލް އިއްތިފާގު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ވެސް އަދި ކުރިއަށް އޮތް ސީޒަނަށް ވެސް އެ ޓީމު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އަލް އިއްތިފާގުން އަންނަނީ ވަރުގަދަ ޓީމެއް އެކުލަވާލަން މަސައްކަތް ކުރަމުންކަން ސާބިތުކޮށްދޭން ޖެހޭ ކަމަށާއި، ޓީމަށް ފައިދާވާނެ ގޮތްގޮތަށް ފައިސާ ޚަދަރު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، އަލް އިއްތިފާގުން ވެސް ބޭނުންވަނީ ސައުދީ ޕްރޯ ލީގަށް ވާދަކުރަން ކަމަށާއި، އެ ފެންވަރުގެ ޓީމެއް ބިނާ ކުރަން ޖެހޭ ކަމަށެވެ. އެ ޓީމު މިހާރު އޮތް ހިސާބުގައި އޮންނަން ބޭނުންނުވާކަން ފާހަގަކޮށް އޭނާ ބުނީ، އެ ޓީމަކީ އެއަށްވުރެ ކުރީގައި އޮންނަން ޖެހޭނެ ޓީމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ އެ ކަންކަން ހާސިލް ކުރުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ލިވަޕޫލް އަދި އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު އަލް އިއްތިފާގުގެ ކޯޗުކަމާ ހަވާލުވީ މިއަހަރުގެ ޖުލައި މަހު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ މިހާތަނަށް 20 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. ހަތް މެޗުން ބަލިވެފައިވާއިރު، ހަ މެޗަކުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ސައުދީ ޕްރޯ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެ ޓީމު އޮތީ ނުވަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް