ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 10:21
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް ހިލާލްގެ މޮޅުވުމުގެ ސިލްސިލާ އަށް ހުއްޓުމެއް ނެތް!
މޮޅާއެކު އަލް ޙިލާލް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކުން

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، އަލް ޙިލާލުން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު މެޗު އަލް ޙިލާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. އަލް ޙިލާލް އަކީ މި ސީޒަންގެ ސައުދީ ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދަމުން އަންނަ ޓީމެވެ. މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައި ނުވާއިރު، އެއް ވަނައިގައި އެ ޓީމުން އަންނަނީ ލީޑު ހިފަހައްޓަމުންނެވެ.

މެޗުގައި އަލް ޙިލާލުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ ސާޖެޖް މިލިންކޮވިޗް ސަވިޗް އެވެ. އޭގެ ފަހުން މެެޗުގެ ފުރަތަމަ ހާާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަަހައި، ލީޑު ފުޅާ ކޮށްދިނީ ސަލީމް އަލް ދައުސަރީ އެވެ.

މޮޅާއެކު އަލް ޙިލާލް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން 59 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އަލް ނަޞްރަށް ލިބެނީ 59 ޕޮއިންޓެވެ.

- ކޮމެންޓް