ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 13:45
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އަހްލީ ސައުދީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އަހްލީ ސައުދީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް އިއްތިފާގު ކައިރިން، އަލް އަހްލީ ސައުދީ އެއްވަރު
މެޗުން ލިބުނު އެއް ޕޮއިންޓާއެކު އަލް އަހްލީ ސައުދީ އޮތީ ތިން ވަނައިގައި

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުން، އަލް އަހްލީ ސައުދީ އެއްވަރުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް އަހްލީ ސައުދީންނެވެ. މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އަލް އަހްލީ ސައުދީ އަށް ލީޑު ނަގައިދިނީ ފެރާސް އަލްބްރިކާން އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް އިއްތިފާގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސެކޯ ފޮފާނާ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އަލް އިއްތިފާގަށް ލީޑު ވެސް ލިބުނެވެ. އެއީ އަލް އަހްލީ ސައުދީގެ އަލްބްރިކާން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޢަބްދުﷲ އަލް ޢަންމާރު ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު އަލް އަހްލީ ސައުދީ އޮތީ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 25 މެޗުން 48 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަ ވަނައިގައި އަލް އިއްތިފާގަށް ލިބެނީ 36 ޕޮއިންޓެވެ.

- ކޮމެންޓް