ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 21:38
ރައީސް ސާލިހު، ލަންކާގެ ރައީސާ ބައްދަލު ކުރެއްވުން
ރައީސް ސާލިހު، ލަންކާގެ ރައީސާ ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ރައީސް ސާލިހު
ރައީސް ސާލިހު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
 
މި ބައްދަލު ކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ ރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ ރެއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، އިގުތިސާދީ ބޮޑު ކާރިސާއަކުން އަރައިގަނެ, ލަންކާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖެއާ ލަންކާއާ ދެމެދު އޮތް ގުޅުން ބަދަހިކުރެއްވުމަށް ލަންކާގެ ރައީސް ކޮށްދެއްވި މަސައްކަތްޕުޅަށްޓަކައި ރައީސް ސާލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރަނިލް ރާއްޖެ ވަޑައިގަތީ، ހުކުރު ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް