ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 17:35
ސްރީލަންކާ ގައި ކާރު ރޭސް ޖަހަނީ
ސްރީލަންކާ ގައި ކާރު ރޭސް ޖަހަނީ
ވަޔަން
ސްރީލަންކާ މޯޓަރ ރޭސް
ސްރީލަންކާ ގައި ބޭއްވި ކާރު ރޭހެއްގައި ހިނގި އެކްސީޑެންޓެއްގައި ހަތް މީހުން މަރުވެއްޖެ
 
މި ރޭސް މިބޭއްވުނީ ކޮވިޑާ ގުޅިގެން ފަސް އަހަރުގެ މެދު ކެނޑުމަކަށް ފަހު

ސްރީލަންކާގައި ބޭއްވި ކާރު ރޭހެއްގައި ކާރެއް ކޮންޓްރޯލުން ނެއްޓި ބޭލުންތެރިންގެ ތެރެއަށް ވަންނަންދިމާވެ ހިނގި އެކްސީޑެންޓްގައި ހަތްމީހުން މަރުވެ 21 މީހުންނަށް އަނިޔާ ތައް ލިބިއްޖެއެވެ.

ސްރީލަންކާ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އާމީ އިން އިންތިޒާމް ކޮށްގެން އާދީއްތަ ދުވަހު ބޭއްވި ރޭހުގައި ފޮކްސް ހިލް ސަރކިޓް ކިޔާހިސާބުގައި މަގުގެ ފެންސް ނުޖަހާ ހުރި ބަޔެއްގައި ކާރެއް ކޮންޓްރޯލުން ނެއްޓި ރޭސްބަލަން އެއްވެފައިވާ މީހުގެ ގައިގައި ޖެހުނީއެވެ.

އެކްސީޑެންޓް ހިނގުމާއެކު އަނިޔާވި އެންމެންވެސް ވަނީ އެހިސާބުގައި ހުންނަ އާމީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެވަގުތުން ފެށިގެން ރޭސް ވަނީ މެދު ކަނޑާލާފައެވެ.

ހަތާވީސް މީހުން ހޮސްޕިޓަލަށް ގެންދެވުނު އިރު ހަތް މީހުން ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 8 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

ސްރީލަންކާގައި މިފަދަ ކާރު ރޭހެއް ބާއްވާފައިމިވަނީ ކޮވިޑާ ގުޅިގެން ފަސްއަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ރޭސް ފެށުމުގެ ކުރިން އާމީ ޗީފް ވިކުމް ލިޔަނެގެ ވަނީ ރޭސް ބެލުމަށް އެންމެނަށް ހިލޭ ވަދެވޭނެ ކަން އިއުލާން ކުރައްވާފައެވެ.

ވެރިރަށް ކޮލޮމްބޯ އާ 180 ކިލޯމީޓަރު ދުރުގައި އޮންނަ ފޮކްސްހިލް ސަރކިޓް ގައި ބޭއްވި ރޭސް ބެލުމަށް ލައްކައެއްހާމީހުން އެއްވި ކަމަށް އާމީ ޗީފް ވިދާޅުވެފައިވެއެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
100%
0%
ކޮމެންޓް