ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 21:46
ރައީސް ޞާލިޙުގެ އަރިހަށް އިންޑިޔާގެ ސައިންސް މިނިސްޓަރު، ކިރަން ރިޖިޖޫ އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ރައީސް ޞާލިޙުގެ އަރިހަށް އިންޑިޔާގެ ސައިންސް މިނިސްޓަރު، ކިރަން ރިޖިޖޫ އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ރައީސް އޮފީސް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް ޞާލިޙުގެ އަރިހަށް އިންޑިޔާގެ ސައިންސް މިނިސްޓަރު، ކިރަން ރިޖިޖޫ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
 
ދެ ޤައުމުގެ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނޭ ކަމުގެ ޔަޤީންކަން ދެ ބޭފުޅުން ދެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އާތު އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ތަހްނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް މިނިސްޓަރު ކިރަންގެ އަރިހުން އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސާއި އިންޑިއާގެ ސައިންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހިގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން އިންޑިއާއަކީ، ދިވެހިރާއްޖެއަށް ބޭނުންތެރި، ގާތް ރަޙްމަތްތެރި ގައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާ "ނެއިބަރހުޑް ފަރސްޓް ޕޮލިސީ" ވަނީ ރާއްޖޭގެ ތަރައްގީއާ ގުޅިފައި ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނަކަމާއި، އަދި ދަތުރުތައް އިތުރުކޮށް، އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފުޅާކުރުމުގައި އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި، ކޮވިޑް-19ގެ ދަތިތަކުން އަރައިގަތުމުގައި އިންޑިއާ ސަރުކާރުން އެކި ގޮތްގޮތުން ވެދެއްވި އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ރައީސް ވިދާޅުވީ، އިންޑިއާއަކީ ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި، ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަން އިންޑިއާއިން ސާބިތުކޮށްދީފައި ވާކަމަށެވެ.

މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ދެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް