ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 11:57
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އަބްދުﷲ ޝާހިދު
ރާއްޖޭގެ ޚާރިޖީ ސިޔާސަތު
ރައީސް ސާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޚާރިޖީ ދާއިރާ އޮތީ އެކަހެރިވެ، މުޅިން ބާކީވެފައި: ޝާހިދު
 
ދިވެހި ޚާރިޖީ އޮޑި ބައިނަލްއަޤުވާމީ ދުނިޔޭގައި ދުއްވާލެވިފައިވާކަމުގެ އިހުސާސް މިއަދު ކުރެވިއްޖެ
 
ޚިދުމަތުގައި މީހުން ބޭތިއްބުމުމަށް ދޭ އިސްކަން މިހާރު ހާމަވަމުންދޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖީ ދާއިރާ އޮތީ ބިކަވެ، އެކަހެރިވެ މުޅިން ބާކީވެފައިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު ދެ ބޭފުޅަކަށް ދެއްވުމަށް ހޯމަ ދުވަހު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މިއީ އާދަޔާ ޚިލާފު އުފާފުޅެއް ލިބިވަޑައިގަންނަވާ ދުވަހެއްކަމަށެވެ. އެގޮތުން ދިވެހި ޚާރިޖީ އޮޑި ބައިނަލްއަޤުވާމީ ދުނިޔޭގައި ދުއްވާލެވިފައިވާކަމުގެ އިޙުސާސް މިއަދު ކުރެވިއްޖެކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ރައީސް ސާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޚާރިޖީ ދާއިރާ އޮތީ ބިކަވެ، އެކަހެރިވެ މުޅިން ބާކީވެފައިކަމަށެވެ.

އެކަން އޭރު ދިމާވީ ޚާރިޖީ ޓީމުގެ ސަބަބަކުން ނޫން ކަމަށާއި، އޭރު ކަނޑައެޅިފައި އޮތް ސިޔާސަތުތައް ގޯސްވުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އަޑުއަހާނެ ބަޔަކު ނެތެމުން، އިތުބާރު ގެއްލެމުން ދިޔައީ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެ ޙާލަތުގައި ރާއްޖެ އޮއްވައި، ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ ސިޔާސަތެއްގެ ދަށުން ރައީސް ސާލިޙު މަސައްކަތް ފެއްޓެވިކަމަށާއި، މިއަދު ރާއްޖެއަކީ 192 ޤައުުމުގެ ތެރެއިން 185 ޤައުމަކާ ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކޮށްފައިވާ ޤައުމެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

އަދި 108 ޤައުމަކަށް މިހާރު ވިސާއާ ނުލައި ދަތުރު ކުރެވޭކަން ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވެސް އިތުރު ކާމިޔާބީތައް މިއަދު ޚާރިޖިއްޔާއަށް ހޯދިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އަލަށް ޚާރިޖިއްޔާގެ ދާއިރާގެ ޚިދުމަތުގެ އަގުވަޒަން ކުރެެވެމުންދާކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ރައީސް ސާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

ދައުލަތުން މިފަދަ ކަމެއް ކުރައްވަން ނިންމެވުމަކީ ޚިދުމަތުގައި މީހުން ބޭތިއްބުމުމަށް ދޭ އިސްކަން ހާމަވެގެންދާ ކަމެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް